ads
ފޮޓޯ/ ރ. ފައިނު
ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިއްޖެ
ރ ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިއްޖެ އެވެ.

ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިމިފައިވަނީ 12 ޑިސެންބަރު ގައެވެ.

މިއީ 9.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން 8100 ކިޔުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި، ރަށްގިރުމުން ރައްކާތެރި ކޮށްދިނުމުގެ ގޮތުން 250 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ފުރިހަމަ ކުރެވިފައެވެ. 

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ނިންމުމަށްފަހު، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، ފައިނުގެ ދޯނިއެހެލާ ސަރަޙައްދު ލެވެލްކުރުމާއި، ރަށުގެ އެކި ސަރަޙައްދުތައް ސާފުކޮށްދިނުމާއި، ރަށުގެ ބައެއް މަގުތައް ސާފުކުރުމާއި، މަގުތަކަށް ވެލިއަޅައި، އެއްވަރުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 62 މަޝްރޫޢެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެތެރެއިން 8 މަޝްރޫޢަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢެވެ. އަދި މިވޭތުވެދިޔަ 3 އަހަރު ދުވަހުގެތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 7 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާފަ އެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް