ads
ސިންގަޕޯ އެއާލައިންސް
ކަރަންޓީނު ނުވެ ސިންގަޕޫރަށް ދަތުރު ކުރެވޭ ގޮތް ހަދައިފި
ކަރަންޓީނުވުމަކާ ނުލައި ދިވެހިންނަށް ސިންގަޕޫރަށް ވައިގެ މަގުން ދަތުރުކުރެވޭނެ ގޮތް ހަދައިފިއެވެ.

ހެލްތު މިނިސްޓްރީ،  ފޮރިން މިނިސްޓްރީ އަދި ޓްރާންސްޕޯޓް މިނިސްޓްރީ އިސްވެ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ކުރެވުނު މަޝްވަރާތަކަށްފަހު، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ވެކްސިނޭޓެޑް ޓްރެވެލް ލޭން (ވީ.ޓީ.އެލް.) އެއް ޤާއިމްކުރުމަށް ދެގައުމުގެ ދެމެދުގައި މިހާރު ވަނި އެއްބަސްވެފައެވެ.

މި އެއްބަސްވުމުގެ ދަށުން 09 ޑިސެމްބަރ 2021 އިން ފެށިގެން ދިވެހިރާއްޖެ މަގުން ސިންގަޕޫރަށް ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ވަނީ ހުޅުވާލެވިފައެވެ. 

މި ވީ.ޓީ.އެލް. ގެ ދަށުން 16 ޑިސެމްބަރ 2021 އިން ފެށިގެން ދަތުރުތައް ފަށާނެއެވެ. 

ރާއްޖެއާއި ސިންގަޕޫރާ ދެމެދު ޤާއިމުކުރެވުނު ވީ.ޓީ.އެލް. އިން ކަރަންޓީނުވުމަކާ ނުލައި ދިވެހިންނަށް ސިންގަޕޫރަށް ވައިގެ މަގުން ދަތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން، މިނިސްޓްރީ އޮފް ހެލްތުގެ ކޮވިޑްސޭފް ޕޯޓަލް (covidsafe.gov.mv) މެދުވެރިކޮށް ލިބޭ ރަސްމީ ކޮވިޑް-19 ޑިޖިޓަލް ވެކްސިން ސެޓްފިކެޓެއް އޮންނަ ކޮންމެ ދިވެއްސަކަށްވެސް، ޝަރުތު ފުރިހަމަވާކަމުގައިވާނަމަ، ކަނޑައެޅިފައިވާ ވީ.ޓީ.އެލް ފްލައިޓްތަކުން ނެގަޓިވް ޕީ.ސީ.އާރް. ކޮވިޑް-19 ޓެސްޓު ނަތިޖާއާއެކު ދަތުރު ކުރެވޭނެއެވެ. 

އަދި، ވެކްސިން ނުޖަހާ 12 އަހަރުގެ ނުވަތަ 12 އަހަރު ނުފުރޭ ކުޑަކުދިންނަށް ވީ.ޓީ.އެލް. އިން ދަތުރުކުރެވޭނީ އެކުދިންނަށް ކަނޑައެޅޭ ޝަރުތުތަކަށް އެއްބަސްވުމާ އެކު ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ ބޮޑު މީހަކާ އެކުގައެވެ. ވީ.ޓީ.އެލް. އަށް ފޯމު ހުށަހެޅުއްވުމަށާއި ވީ.ޓީ.އެލް.އާއި ބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

https://safetravel.ica.gov.sg/arriving/overview

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް