ads
ކުޑަފަރީގެ ފެނާއި ނަރުދަމާ ގާއިމް ކުރުން.. ފޮޓޯ/އެމްޑަބްލިއުއެސްސީ
ކުޑަފަރީ ފެނާ ނަރުދަމާގެ ބޮޑު ބައެއް ނިންމާލައިފި
އެމްޑަބްލިއުއެސްސީ އިން ނ.ކުޑަފަރީގެ ފެނާއި ނަރުދަމާ މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ،  މި މަޝްރޫއުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތާއި، 8.92 ކިލޯމީޓަރު ދިގު ފެނުގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމުގެ މަސައްކަތާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތާއި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން މަސައްކަތްތައް އެއްކޮށް ނިމިފައިވާ ކަމަށެވެ. 

އެ ކުންފުނިން އިތުރަށް ބުނީ، ފެން އުފެއްދުމަށްޓަކައި ބަހައްޓާ ދެ އާރު.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށެވެ. އަދި މި މަސައްކަތްތަކުގެ ބޮޑުބައެއް ވެސް މިހާރު ވަނީ ނިމިފައި ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ. 

your imageކުޑަފަރީގެ ފެނާއި ނަރުދަމާ ގާއިމް ކުރުން.. ފޮޓޯ/އެމްޑަބްލިއުއެސްސީ

މި މަޝްރޫއުގެ ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން 7.04 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމާއި، ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި، ސީ އައުޓްފޯލް ގާއިމްކުރުމާއި އަދި ޕަންޕިން ލައިން އެޅުމުގެ މަސައްކަތުގެ 100 އިންސައްތަ ވެސް ވަނީ ނިމިފައި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.

ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި، ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު މި މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނެ އެވެ.

ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީ އަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ

އެ މަޝްރޫއުގެ އަގަކީ 38,245,917.74 ދިވެހި ރުފިޔާއެވެ. އެމްޑަބްލިއެސްސީ އިން ބުނަނީ އެ މަޝްރޫއުގެ މަސައްކަތް ނިމުމުން ކުޑަފަރީގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ކަށަވަރުވެގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް