ads
ހިޔާ ފްލެޓްތައް ؛ ފޮޓޯ: މިހާރު
އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް ހިޔާފްލެޓްތަކުގެ ވެރިންގެ ބައްދަލުވުމެއް ބާއްވަނީ
މިމަހުގެ 22 ވަނަ ދުވަހު ހިޔާ ޔޫނިއަންއިން އިސްނަގާގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަވައްޓެރި ފުލުހުންނާ ގުޅިގެން ހިޔާގައި ދިރިއުޅޭ ހިޔާގެ ވެރިންނާއި ބައްދަލު ކުރުމަށް ރޭވިފައިވާ ކަމަށް ހިޔާ ޔޫނިއަނުން ބުނެފިއެވެ.
Advertisement

މި ބައްދަލުވުމަކީ ހިޔާ ޝަހަރުގައި ދިމާވަމުންއަންނަ އިޖްތިމާޢީ މައްސަލަތަކާއި އަދިވެސްހުރި އެހެނިހެން ކަންކަމުގައި ހިޔާގެ ވެރިންގެ ހިޔާލު ހޯދާލުމަށް ބާއްވާ ބައްދަލުވުމެއްކަމުގައިވެސް ހިޔާ ޔުނިއަންއިން ބުނެއެވެ. އަދި މިހާރު މިކަމަށް ނަގަންޖެހޭ ހުއްދައަށް އެދި އެޗް.ޑީ.ސީ އަށް ފޮނުވާފައި ވާނެކަމުގައި ޔޫނިއަންއިންވަނީ ބުނެފައެވެ. 

މީގެ އިތުރުން 16 ޑިސެމްބަރ ވީ ބުރާސްފަތި ދުވަހު މެންދުރު އެޗް.ޑީ.ސީ އާއެއްކޮށް ވެސް ވަނީ، ހިޔާ ފްލެތްތަކުގައި ހުރި މައްސަލަތަކާބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ.

މިބައްދަލު ވުމުގައި ގްރޭސް ޕީރިއަޑް އިތުރުކުރުމަށް މަޝްވަރާކޮށް އެކަމަށް ސަރުކާރަށް ހުށައަޅަންޖެހޭ ލިޔުންތަށް ފޮނުވުމަށް ތައްޔާރު ވަމުންދާ ކަމަށް އެޗް.ޑީ.ސީ އިން ވަނީ ބުނެފައެވެ. 

އެހެންނަމަވެސް އަދި ހިޔާ ފްލެޓްތަކުގެ ކުލި ދައްކަން ޖެހޭ މުއްދަތު އިތުރު ކުރުމާމެދު ގޮތެއް ނުނިމޭ ކަމަށް އެޗްޑީސީ އިން ބުނެ އެވެ.

އަދި މީގެއިތުރުންޓަވަރު ތަކުގައި ދިމާވަމުން އަންނަ އެކިކަހަލަ މައްސަލަތަށް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުން ދާކަމާށާއި، ހިޔާގެ މަޝްރޫއު އަކީ އެހެނިހެން ހައުސިންގ ޕްރޮޖެކްޓްތަކާއި ހިލާފަށް މުޅިން އައު ކޮންސެޕްޓެއްކަށް ވުމުން ވަރަށް ގިނަ ދަތިތަކާއި ކުރިމަތި ލާން ޖެހިފައިވާ ކަމަށްވެސް ވަނީ އެޗް.ޑީ.ސީ އިންވަނީ ފާހަގަ ކޮށްފައެވެ. 

މިގޮތުން ފެންދޫކުރާ ނިޒާމަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ފެން ކަނޑާލަން ޖެހުން ވެގެން ދާނީ ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާނެ ވަރަށް ބޮޑު ދައްޗެއް ކަމުގައިވެސް ވަނީ ބުނެފައެވެ. އެޗް.ޑީ.ސީގެ ކޮމިޔުނިޓީ އަދި ޕްރޮޖެކްޓްސް ޑިޕާރޑްމަންޓްގެ އިތުރުން އެސްޓޭޓް އިން ބައިވެރިވި މި ބައްދަލު ވުމުގައި އިތުރަށް ބުނެފައިވަނީ ހިޔާ ސަރަހައްދުގައި ހިމެނޭ މަގުތަކުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެގްރިގޭޓް ފަދަ މުހިންމު ސާމާނާއި ޓެކްނީޝަނުން މިހާރު ވަނީ ހަމަވެފައިވާ ކަމަށެވެ. 

ލަފާކުރެވޭ ގޮތުގައި ޖެނުއަރީ 2022ގައި މަސައްކަތް ފެށިގެން ދާނެއެވެ. އަދި މިއަދު ޕަބްލިޝްކުރެވިފައިވާ އޮންލައިން ފޯމްގައި ހުރި ބައެއްކަންކަން ހިޔާ ޔަުނިއަން އިން ފާހަގަކުރުމުން އެކަންކަމާއިމެދު މަޝްވަރާކުރެވި އެފޯމު އަލުން  ރިވިއު ކޮށް ރަނގަޅު ކުރާނެ ކަމުގައިވެސް އެޗް.ޑީ.ސީއިން  ބުނެފާވާކަމަށްޔޫނިއަން އިން މައުލޫމާތުދެއެވެ.

އެޗްޑީސީގެ ހެޑް އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި ހިޔާ ޔޫނިއަންގެ ރައީސް، ނައިބު ރައީސް، ޖެނެރަލް ސެކްރެޓަރީ އަދި ފައިނަންސް އޮފިސަރ ވަނީ ބައިވެރިވެލައްވާފައެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް