ads
އެމްޑީޕީގެ ހަރަކާތެއްގެ ތެރެއިން--
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް މައި ޕާޓީން ތައްޔާރު! ޕްރައިމަރީ 27 ގައި!
ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ވެރިކަން ކުރާ މައި ޕާޓީން ތައްޔާރުވެއްޖެއެވެ.

އެގޮތުން އެމްޑީޕީން އެ ދާއިރާ އަށް ނެރޭނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ޕާޓީ ތެރޭގެ ޕްރައިމަރީ އެއް މި މަހު 27 ގައި ބާއްވާނެ ކަން އެމްޑީޕީން މި ވަނީ އިއުލާނުކޮށްފައެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދާއިރާއަށް ކެނޑިޑޭޓެއް ނެރުމުގައި ޕާޓީ ތެރޭގައި ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.ވީ

މާ މި ބައި އިލެކްޝަން ގައި ވާދަކުރަން ބޭނުންވާ މިޕާޓީގެ މެމްބަރުން މަގާމަށް އެދޭ ފޯމް ފުރިހަމަކޮށް އެފޯމާއި އެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުން ތަކާއިއެކު، 21 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 16:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ޕްރައިމަރީގެ ވޯޓްލުން ކުރިއަށްދާނީ 27 ޑިސެމްބަރ 2021 ވާ (އަންގާރަ) ދުވަހު ހެންދުނު 10:00 ން ހަވީރު 1700 އަށް އެދާއިރާއެއްގެ ރަށްރަށުގަ އާއި މާލޭގެ ހަރުގޭގައި ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ތަމްސީލްކުރައްވަމުން ގެންދިޔަ އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު ވަނީ ކެންސަރު ބަލީގެ އާލާސްކަންފުޅުގައި މިދިޔަ ހަފްތާގެ ތެރޭގައި އަވަހާރަވެފައެވެ.

ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށި ހިމެނޭ އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ވާން ޖެހޭ ތައްޔާރީތައް މިހާރު ވަނީ އިލެކްޝަން ކޮމިޝަނުން ވެސް ފަށާފައެވެ. އެގޮތުން އިދާރީ ބައެއް މަސައްކަތްތައް މިހާރުވެސް ފެށިފައިވާ ކަމަށް ކުރިން އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް