ads
ޖަލު އޮފިސަރުންނަށް ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު
34 ޖަލު އޮފިސަރުންނަށް ކުރިއެރުން ދީފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން 34 ޕްރިޒަން އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން މިއަދު ދީފިއެވެ.

އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދީފައިވަނީ މާފުށީ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ލިބުނު ކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ.

މި ރަސްމިއްޔާތުގައި ސީޕީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި ކޮމިޝަންޑް އޮފިސަރުންނާއި ކުރިއެރުން ލިބުނު އޮފިސަރުން ބައިވެރިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް