ads
ނޯރާ…
ނޯރާ މާމެޑު ހެދިގެން އުޅެނީ "ޑާންސް މެރި ރާނީ" ގައި!
ހިންދީ ލަވަ "ދިލްބަރް"ގެ ރިމޭކުން ބެލުންތެރިންގެ މެދުގައި މަޝްހޫރުކަން ހޯދި ނެށުންތެރިޔާ ނޯރާ ފަތެހީ މާމެޑަކަށް ވެގެން އެކްޓް ކުރާ ލަވައިގެ ނަމާއި ރިލީޒްކުރާނެ ތާރީހު ހާމަކޮށް އެ ލަވައިގެ ޓީޒާ ދައްކާލައިފިއެވެ.
Advertisement

ލަވަކިޔުންތެރިޔާ ގުރޫ ރާންދުވާ އާއި ޒަހްރަހް އެސް ހާން ކިޔާފައިވާ އެ ލަވަ އަކީ "ޑާންސް މެރި ރާނީ " އެވެ. ގުލްޝަން ކުމާރާއި ޓީސީރުޒުގެ ކުޑައިގެ ދަށުން ބުޝަން ކުމާރު ގެނެސްދޭ އެ ލަވަ ކޮމްޕޯޒް ކޮށްފައިވަނީ މަޝްހޫރު ތާނިޝްކް ބަގްޗީ އެވެ.

"ޑާންސް މެރި ރާނީ" ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އަންގާރަ ދުވަހުއެވެ. އިއްޔެ ޔޫޓިއުބުގެ އިތުރުން ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތަކަށް އެ ލަވައިގެ ޓީޒާ ދޫކޮށްލުމާއެކު ގިނަ ބަޔަކު މިހާރުވެސް ވަނީ އެ ޓީޒާ ބަލާފައެވެ. އެގޮތުން ޔޫޓިއުބް މެދުވެރިކޮށް އެކަނި ވެސް 3.4 މިލިއަނަށް ވުރެ ގިނަ މީހުން އެއް ދުވަސް ތެރޭ އެ ލަވައިގެ ޓީޒާ ބަލާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ތަފާތު ރީތި ލަވަ ތަކަކުން މިހާތަނަށް ފެނިގެންދިޔަ ނޯރާގެ ކުރިއަށް އޮތް ލަވައިގައި އޭނާ ކުޅެފައިވާ މާމެޑްގެ ކެރެކްޓާއަކީ އޭނާގެ އެންމެ ކުޑަ އިރުން ސުރެ ވެސް އެންމެ ގަޔާވާ ކެރެކްޓާ ކަމަށް ވަނީ ބުނެފައެވެ.

އަމިއްލަ އިންސްޓަގްރާމް އަށް މާމެޑް ހެދުމުގައި ފެންގަނޑުތެރޭ އޮވެ ނަގާފައިވާ ފޮޓޯތަކެއް ދޫކޮށްލުމަށްފަހު ނޯރާ ވަނީ އެ ޝޫޓާ ބެހޭގޮތުން ބޭރުގެ ބައެއް މީޑިއާތަކަށް ވާހަކަ ދައްކާފައެވެ.

އެގޮތުން ނޯރާ ބުނެފައިވާ ގޮތުގައި މާމެޑް ހެދުމެއްލުމަކީ ކުޑަ އިރުގެވެސް ހުވަފެނެކެވެ. އެހެން ނަމަވެސް އެ މަންޒަރު ނަގަން ހޭދަ ކުރީ އުނދަގޫ ވަގުތު ތަކެއް ކަމުގައި ނޯރާ ބުނެފައިވެއެވެ.

ފިޔާތޮށި ކުލަ ހިމެނޭ ގޮތަށް ޖަރީކޮށްފައިވާ މާމެޑް ހެދުމުގައި ގިނަ އިރުތަކެއް ވަންދެން އޮންނަން ޖެހުމުން ގައިގައި ރިއްސި ކަމަށާއި އެ ހެދުން ލައިގެން އޮވެ އަމިއްލަ ހާލަށް ހަރަކާތް ކުރަން ވެސް ދަތިވި ކަމަށް ނޯރާ ބުނެފައިއެވެ.

your imageޑާންސް މެރި ރާނީ ލަވައިގެ ޕޯސްޓަރެއްގައި ނޯރާ އަދި ގްރޫ…

ނަން އަދި ހާމަކޮށްފައި ނުވާ އެ ލަވައިގެ ޝޫޓިންގައި މާމެޑް ހެދުމުގައި ޝޫޓް ކުރި މަންޒަރުގެ ވާހަކަ ހިއްސާ ކުރަމުން ނޯރާ އިތުރަށް ބުނެފައިވަނީ އެއީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށެވެ. އަދި ކުޑައިރުވެސް އަބަދު ބަލާ ކާޓޫން ކަމަށްވާ މާމެޑްގެ ކެރެކްޓާއެއް އޭނާ އަށް ދައްކާލަން ލިބުމަކީ އުފާވާ ކަމެއް ކަމަށް ނޯރާ ވަނީ ބުނެފައެވެ.

ނޯރާ އާއި ގްރޫ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތަކެއް ވެސް މިފަހުން ވަނީ ގަދަވެފައެވެ. އެދެމީހުން އެކުގައި ޗުއްޓީ ހޭދަކޮށް ބީޗެއްގައި ވަރަށް ކެޝުއަލްކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ. ނަމަވެސް އެކަމާއި ގުޅިގެން ރަސްމީ ބަހެއް ދެ ފަންނާނުން ވެސް ބުނެފައެއް ނުވެއެވެ.

20%
ކަމުގޮސްފި
80%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް