ޢަބްދުﷲ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީނަކީ ވަގެއް ކަމަށް ޑރ. ޖަމީލް ކުރިން ވިދާޅުވެފައިވާ ކަމަށެވެ. އަދި މިހާރު ރައީސް ޔާމީން ވަރުގެ ތެދުވެރި މީހަކު ނެތް ކަމަށް ޑރ. ޖަމީލް ވިދާޅުވާއިރު ޑރ. ޖަމީލުގެ ބަހާއި އަމަލާ ދިމާ ކުރައްވަން ޖެހޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ. ޖަމީލް ކުރިން ވިދާޅުވެފައިވަޏީ ރައީސް ޔާމީނަކީ ފިނޑިއެއް ކަމަށާއި އެމަނިކުފާނަށް ތާއީދު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ރައީސް ޔާމީންގެ އެކުވެރިއަކީ ޚުދު މުޚުތާރު ވެރިކަމެއް ކުރަމުންދާ އުތުރު ކޮރެއާގެ ލީޑަރު ކަމަށް ޖަމީލް ވިދާޅުވެފައިވެއެވެ. ނޫސްވެރިންނާއި ސިޔާސީ ލީޑަރުން ހައްޔަރުކޮށް، ރައީސް ޔާމީން ހިންގަވަނީ "އަންދާ ގާނޫނު" ކަމަށް ޖަމީލް އޭރު ވިދާޅުވި އެވެ.