ads
ގްރީންގެ ކެޕްޓަން ރިލޭ ކުރިން ކުޅުނު މެޗެއްގެ ތެރެއިން
ޓާގެޓަކީ ސަޕްރައިޒިން ނަތީޖާތަކެއް ނެރުން
ގްރީން ސްޓްރީޓްސްއަށް ސީޒަން ފެށުނީ އުނދަގޫ ހާލަތެއްގެ ތެރެއިންކަމަށާއި، އެހެންނަމަވެސް އުއްމީދަކީ ރަނގަޅު ނަތީޖާތަކެއް ނެރުން ކަމަށް އެ ޓީމުގެ ކެޕްޓަން ރިލްވާން ވަހީދު ބުނެފިއެވެ.

ގްރީން ސްޓްރީޓްސްއިންވަނީ އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އާދިއްތަ ދުވަހު ހަވީރު ޕްރެޒިޑެންޓްސް ކަޕުގައި ދަ ގްރާންޑޭ ފަސް ލަނޑު ސުން ލަނޑުން ބަލިކޮށްފައެވެ. ބޮޑު ތަފާތަކުން ދަ ގްރާންޑޭ އަތުން މޮޅުވި ނަމަވެސް ކެޕްޓަން ރިލޭ ބުނީ، މިއީ އުނދަގޫ ހާލަތެއްގެ ތެރެއިން ލިބުނު މުހިއްމު މޮޅެއް ކަމަށެވެ.

ވަރަށް ރަނގަޅު ކާމިޔާބެއް މިއީ. ވަރަށް އުނދަގޫ ހާލަތެއްގައި ޕްރެކްޓިސްތައްވެސް ދިޔައީ. އެންމެ ދިހަވަރަކަށް ޕްރެކްޓިސް ކުރީވެސް، އަނެއްކާ މެޗަށް ކުޅުންތެރިން ހަމަވީވެސް ހަމަ ކިރިޔާ. އެކަމަކު އަޅުގަނޑުމެންގެ ޓާގެޓަކީ ރަނގަޅު ސަޕްރައިޒިން ނަތީޖާތަކެއް ނެރުން.

ގްރީން ސްޓްރީޓްސްއިން ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗަކީ ޕްރެޒިޑެންޓްސް ކަޕުގައި ދެ ޓީމުގވެސް ފުރަތަމަ މެޗެވެ. މުޅިން ހުސްކޮށް ކަހަލަ ގޮތަކަށް އޮތް ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ގްރީންއިން ޖެހީ މެޗުގެ ވަރަށް ކުރީކޮޅުއެވެ. މެޗުގެ އެރާވަނަ މިނިޓްގައި ގްރީންއިން ޖެހި މި ލަނޑަކީ ދަ ގްރާންޑޭ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. ދެވަނަ ލަނޑު މެޗުގެ ދެވަނަ ހާފުގައި ޖެހީ އަންސަރުއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް އަންސަރެވެ. ގްރީންގެ އަނެއް ތިން ލަނޑަކީ ކެޕްޓަން ރިލްވާން، އަދި ސާއިފުގެ އިތުރުން އަބްދުﷲ ޔާމީންއެވެ. މުބާރާތުގައި ގްރީންއިން ދެން ކުޅެން ޖެހޭ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭއެވެ. އަންނަ ހޮނިހިރު ދުވަހުގެ ރޭ ގްރީން ނުކުންނާނީ ކްލަބު ވެލެންސިޔާއާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް