ads
ދަމަނަ ވެށީގައި ޕްރޮގްރާމެއް ކުރިއަށް ގެންދަނީ
ދަމަނަވެށީގެ ލެބޯޓަރީ އައުޓް ސޯސް ކުރަނީ
ދަމަނަވެށިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތިން އަހަރުގެ މުއްދަތަށް ލެބޯޓްރީގެ ޚިދުމަތް އައުޓްސޯސް ކޮށްގެން ހިންގުމަށް ދެވަނަފަހަރަށް އިއުލާނު ކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ ލެބޯޓްރީގެ ޚިދުމަތް  އައުޓްސޯސް ކޮށްގެން ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ހުޅުވާލެވުނު އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ޝަރުތު ފުރިހަމަ ނުވާތީ އެއިޢުލާން ބާތިލް ކޮށް އަލުން މިކަމަށް ޝައުގު ވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މިކަމަށް ފުރަތަމަ އިއުލާން ކުރީ އެޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން  21 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުން 30 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ފެށިގެން މެންދުރުފަހު 13:00 އާއި ދެމެދު [email protected] އަށް އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ ރަޖިސްޓަރ ޝީޓް ފުރުމަށްފަހު މެއިލް ކުރެއްވުން އެދޭ ކަމަށް މިނިސްޓްރީން ބުނއެވެ.  ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓްސް މެއިލް ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނއެވެ.

ހެލްތުން ބުނީ ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 13 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ  ހެނދުނު 11:00 ގައި   "ދަމަނަވެށި / މަޖީދީމަގު" ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 02 ޖެނުއަރީ 2022 ވާ  ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލް ކުރައްވަންވެސް އެދިފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް