ads
ޖާބިރު ވިދާޅުވިނީ އަދީބާއި ޔާމީން ހުންނަވަން ޖެހޭނީ ޖަލުގައި ކަމަށް
ރައީސް ޔާމީން އާއި އަދީބު އޮންނަން ޖެހޭނީ ޖަލުގެ ކުޑަ ގޮޅީގައި: ޖާބިރު
ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އޭރުގެ ނައިބު ރައީސް ކަން ކުރެއްވި އަހުމަދު އަދީބު އަކީ ބޮޑު ދެ ކުށްވެރިން ކަމަށާއި، އެދެބޭފުޅުން ޖަލަށް ލާންޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
Advertisement

ހުވަދޫ އަތޮޅުގައި ހުންނަވައިގެން ސީއެންއެމްއަށް ދެއްވި އިންޓަވިއު އެއްގައި ޖާބިރު ވިދާޅުވީ، ރާއްޖެއިން ފެނިގެން މިދަނީ، ކުށްވެރިން މިނިވަން ކަންމަތީ އުޅެމުންދާ މަންޒަރު ކަމަށެވެ. އަދި މިއީ ދިވެހި ރާއްޖެ ކަހަލަ ގައުމަކުން ފެނިގެން ނުވާނެ މަންޒަރު ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. 

ރައީސް ޔާމީން އާއި އަދީބު އާއި ދެބޭފުޅުންނަށް އިޝާރާތް ކުރައްވާ ޖާބިރު ވިދާޅުވީ، ގައުމުގެ ހަޒާނާއިން ވައްކަން ކުރިކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި، އެކަމަކީ ދުވަހަކުވެސް ދިވެހިން މާފު ނުކުރާނެ ކަންކަން ކަމަށެވެ. އަދި އިންތިހާބެއްގައި ބައިވެރިވިޔަސް ބޮޑުތަނުން ރައީސް ޔާމީން ފެއިލް ވެގެން ދާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. 

"ބުނަންތޯ ވާހަކައެއް. ރައީސް ޔާމީން އަކީ ދައުލަތުގެ ހަޒާނާއިން ވައްކަން ކުރެއްވި ބޭފުޅެއް. ކޯޓުން ނިންމީ އެބޭފުޅުންނަށް އެކަމުގައި ފެނުނު ގޮތް. އެކަމަކުވެސް ހަގީގަތެއް ބަދަލެއް ނުވާނެ. ދިވެހިން ރައީސް ޔާމީން އަކަށް މާފެއް ނުކުރާނެ. ރައީސް ޔާމީން އާއި އަދީބު އަކީ ގައުމަށް ގައްދާރުވި ދެ މީހުން. އެދެމީހުން ތިބެން ޖެހޭނީ ޖަލުގައި. ސަރުކާރަށް ގޮވާލަން ވަގުތުން ވަގުތަށް މި ދެ މީހުން ހިފާ ހައްޔަރުކޮށް ޖަލުގެ ކުޑަގޮޅިއަށް ލާން. ނުލާފިނަމަ ރައީސް ސޯލިހު އަށް ކުރަމުން އަންނަ އިތުބާރު ގެއްލިދާނެ." ޖާބިރު ވިދާޅުވިއެވެ. 

މީގެ އިތުރުން ޖާބިރު ވިދާޅުވީ، ރައީސް ޔާމީން އަކީ އެމަނިކުފާނު އަތުން 500 މިލިއަން ރުފިޔާ ނަންގަވާފައިވާ ބޭފުޅެއް ކަމަށާއި، އެލާރި ހޯދަން ވަރަށް އަވަހަށް ކޯޓަށް މައްސަލަ ހުށައަޅާނެ ކަމަށެވެ. 

"ރައީސް ޔާމީން ވަނީ އަޅުގަނޑު އަތުން 500 މިލިއަން ރުފިޔާ ބޮރޯ ކުރައްވާފަ. އެލާރި އަޅުގަނޑު ބޭނުން. ކުރިއަށް އޮތް 03 ދުވަސް ތެރޭ މިކަން ކޯޓަށް ވައްދާނަން. އަޅުގަނޑުގެ އިންޓަނޭޝަނަލް ލޯޔަރުން މިހާރު ރެޑީ ކުރަމުންދަނީ ފައިލްތައް." ޖާބިރު އިތުރަށް ވިދާޅުވިއެވެ. 

ޖާބިރު ވަނީ މީގެ ކުރިން ރައީސް މައުމޫން އަށްވެސް އަނބުރާ ދެއްވާ ގޮތަށް ފައިސާ ދެއްވާފައި ވާކަމަށް ވިދާޅުވެފައެވެ. އަދި އެމައްސަލަވެސް ކޯޓަށް ހުށައަޅުއްވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. 

29%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް