ads
ނޯރާ މާމެޑް ހެދުމުގައި...
ނޯރާގެ"ޑާންސް މެރި ރާނީ" އަށް އޮބިނޯންނަ ވަރަށް ތަރުހީބު!
ނޯރާ ފަތެހީގެ އާ ލަވަ "ޑާންސް މެރި ރާނީ" ބެލުންތެރިންނަށް ދޫކޮށްލުމާއެކު އެ ލަވަ އަށް ތަރުހީބު އޮހެން ފަަށައިފިއެވެ.
Advertisement

ނޯރާ އާއެކު ލަވަކިޔުންތެރިޔާ ގްރޫ ރާންދުވާ ފެންނަ އެ ލަވަ ކިޔާފައިވަނޯ ގްރޫ އަދި ޒަހްރަހް އެސް ހާން އެވެ. 

އިއްޔެ ލަވަ އާންމު ކުރުމާއެކު މިހާތަނަށް އެ ލަވަ ބެލި މީހުންގެ އަދަދު މިލިއަނުން ގުނާލެވެއެވެ. މިހާތަނަށް 18 މިލިއަނަށް ވުރެ ގިނަ މީހުން އެ ލަވަ ބެލި އިރު ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތަކުގައި ވެސް ލަވައަށް އަންނަނީ ތަރުހީބު އޮހެމުންނެވެ.

ގުލްޝަން ކުމާރާއި ޓީސީރުޒުގެ ކުޑައިގެ ދަށުން ބުޝަން ކުމާރު ގެނެސްދޭ އެ ލަވަ ކޮމްޕޯޒް ކޮށްފައިވަނީ މަޝްހޫރު ތާނިޝްކް ބަގްޗީ އެވެ.

ތަފާތު ރީތި ލަވަ ތަކަކުން މިހާތަނަށް ފެނިގެންދިޔަ ނޯރާގެ "ޑާންސް މެރި ރާނީ" ގައި  އޭނާ ކުޅެފައިވާ މާމެޑްގެ ކެރެކްޓާއަކީ އޭނާގެ އެންމެ ކުޑަ އިރުން ސުރެ ވެސް އެންމެ ގަޔާވާ ކެރެކްޓާ ކަމަށް ވަނީ ބުނެފައެވެ.

އަމިއްލަ އިންސްޓަގްރާމް އަށް މާމެޑް ހެދުމުގައި ފެންގަނޑުތެރޭ އޮވެ ނަގާފައިވާ ފޮޓޯތަކެއް ދޫކޮށްލުމަށްފަހު ނޯރާ ވަނީ އެ ޝޫޓާ ބެހޭގޮތުން ބޭރުގެ ބައެއް މީޑިއާތަކަށް ކުރިން ވާހަކަ ދައްކާފައެވެ.

your imageޑާންސް މެރި ރާނީ ލަވައިގެ ޕޯސްޓަރެއްގައި ނޯރާ އަދި ގްރޫ…

އެގޮތުން ނޯރާ ބުނެފައިވާ ގޮތުގައި މާމެޑް ހެދުމެއް ލުމަކީ ކުޑަ އިރުގެވެސް ހުވަފެނެކެވެ. އަދި އެއި އެންމެ ބަލާ ކާޓޫން ކަމަށާއި އެ ކެރެކްޓާ އެއީ ތަފާތު ތަޖުރިބާއެއް ލިބުނު ކެރެކްޓާއެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އެހެން ނަމަވެސް އެ މަންޒަރު ނަގަން ހޭދަ ކުރީ އުނދަގޫ ވަގުތު ތަކެއް ކަމުގައި ނޯރާ ބުނެފައިވެއެވެ.

ފިޔާތޮށި ކުލަ ހިމެނޭ ގޮތަށް ޖަރީކޮށްފައިވާ މާމެޑް ހެދުމުގައި ގިނަ އިރުތަކެއް ވަންދެން އޮންނަން ޖެހުމުން ގައިގައި ރިއްސި ކަމަށާއި އެ ހެދުން ލައިގެން އޮވެ އަމިއްލަ ހާލަށް ހަރަކާތް ކުރަން ވެސް ދަތިވި ކަމަށް ނޯރާ ބުނެފައިއެވެ.

"ޑާންސް މެރި ރާނީ" އިން ވެސް ގްރޫޕް އާއެކު ނޯރާ ފެނިގެންދިޔަ އިރު އޭނާގެ ފަރި ހަރަކާތްތަކަށް ބެލުންތެރިންގެ ނަޒަރު ހުއްޓޭހާ މޮޅަށް ނަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް