ads
ބީވީމާގެ މަންޒަރެއްގައި އާޝާ އަދި ނާނަ…
"ބީވީމާ" ގެ ޝޫޓިން މެކުހަށް!
ޑާކްރެއިން އެންޓަޓައިންމެންޓުގެ ގިނަ ފިލްމުތައް ޕްރޮޑިއުސްކޮށްފައިވާ މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގް ޕްރޮޑިއުސްކުރާ އާ ފިލްމު "ބީވީމާ" ގެ ޝޫޓިން ދުވެލި ބާރު ކޮށްލައި މެކުހަށް ޖަހައިފިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ފެށި އެ ފިލްމުގެ ކާސްޓާއި ކްރޫ މިވަގުތު މަންޒަރުތައް ނަގަމުން އަންނަނީ ވ. ކެޔޮދޫގައެވެ.

މަޝްހޫރު ސްކްރިޕްޓް ރައިޓަރު އަހުމަދު ޒަރީރު ޑައިރެކްޝަން ހަދާ "ބީވީމާ" ގެ މަންޒަރުތައް ކެޔޮދޫގައި ނަގަމުން އަންނަ އިރު ގިނަ އަދަދެއްގެ އާ ތަރިން  ޝޫޓިންގައި ހަރަކާތްތެރިވާކަން ފާހަގަކޮށްލެވެއެވެ.

your imageބީވީމާގެ މަންޒަރެއް ނަގަނީ…

ކެޔޮދޫގައި އައިމިނަތު ރަޝްފާ (އާޝާ) އަދި އަލަށް ތައާރަފްވާ ތަރި އާދަމް ޒިދާން (ނާނަ) ގެ މަންޒަރުތައް ނަގަމުން އަންނަ އިރު ފިލްމުގެ ލީޑުން ލަވަކިޔުންތެރިޔާ އަޝްފާ އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ފެންނާނެ އެވެ.

އިބްރާހިމް ވިޝާން(ކަނޑި) ކެމެރާކުރާ އެ ފިލްމުގެ ކެމެރާކޮށްދެމުން އަންނަ އިރު ޕޯސްޓު ޕްރޮޑަކްޝަންގެ މަަސައްކަތް ކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

"ބީވީމާ" ގެ ހުރިހާ މަސައްކަތެއް ނިމި ބެލުންތެެރިންނާ ހަމައަށް ގެނެސްދޭނެ ތާރީހު އަދި އިއުލާނެއް ނުކުރެއެވެ. އެހެން ނަމަވެސް ޑާކްރެއިންގެ ވެބް ސީރީޒް "ގިރިޓީ ލޯބި" މިހާރު އަންނަނީ ބައިސްކޯފުގައި ސްޓްރީމް ކުރަމުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް