ads
ޗައިނާގެ ބާޒާރެއް..
ޗައިނާ މުދާ އިތުރުވެދާނެތީ ތައިލެންޑުގެ ކަންބޮޑުވުން
ޗައިނާ-ލާއޯސް ރޭލްވޭގެ ސަބަބުން ތައިލެންޑުގެ ދަނޑުވެރިކަމުގެ އިގުތިސޯދަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވާދަވެރިކަމަށް ހީނަރުކަން އަންނާނެ ކަމުގެ ކަންބޮޑުވުން ތައި ޗެމްބާ އޮފް ކޮމާސް އިން ދާދި ފަހުން ފާޅުކޮށްފިއެވެ.

ނޮންގް ހައި ޗެކްޕޮއިންޓަކީ ޗައިނާގެ މޭވާ އާއި ތަރުކާރީގެ ދޮރާއްޓަކަށް ވެގެން ހިނގައިދާނެކަމުގެ ބިރު ޓީ.ސީ.ސީއަށް ވަނީ ހީވެފައެވެ.

މި ޗެކްޕޮއިންޓަކީ މިހާތަނަށް ރަސްމީކޮށް ވިޔަފާރިއަށް ހުޅުވާލެވިފައިވާ ޗެކްޕޮއިންޓެއް ނޫންކަމަށް އިޝާރާތްކުރައްވާ، ނޭޝަނަލް ސްޓްރެޓެޖީ އެންޑް ޑިފެންސް ސްޕެޝަލިސްޓް ޑރ. ޗައިސިތު ތަންޓަޔަކުލް ވިދާޅުވީ، މިކަމަށް ހައްލުތަކެއް ހޯދުމަށް އެގްރިކަލްޗަރ އެންޑް ކޯޕަރޭޓިވްސް މިނިސްޓްރީން ޗައިނާގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

މި މަޝްވަރާތަކުގެ މަގުސަދަކީ ތައިލެންޑުން މޭވާ އަށް ކަސްޓަމްސް ކްލިއަރެންސް ލިބުމުގައި އުނދަގޫ މައްސަލަތަކެއް ފަދަ، ސައިނޯ-ތައި ވިޔަފާރިއަށް ހުރަސްއެޅޭ މައްސަލަތަކަށް ހައްލު ހޯދައިދެވުން ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އިމްޕޯޓް އަދި އެކްސްޕޯޓްގެ ބެލެންސް އެއް ހަމައެއްގައި ހިފެހެއްޓުމުގެ މަސައްކަތް ވެސް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. 

"މިސާލަކަށް 100 ކޮންޓެއިނަރު ޗައިނާއިން އަންނަ ނަމަ ހަމަ އެ އަދަދަށް ކޮންޓެއިނަރު ތައް ޗައިނާއަށް ދާން ޖެހޭނެ." އޭނާ ފާހަގަކުރެއްވިއެވެ.

އާ ރޭލްވޭ މެދުވެރިކޮށް ޗައިނާއަށް އޯކިޑް އަދި ރަބަރު އެކްސްޕޯޓް ކުރުމަށް ދެފަރާތުން މިހާރު ސަމާލުކަން ދެމުން އަންނައިރު، މޭވާ ގެ ސީޒަން ފެށުމުގެ ކުރިން އަންނަ އަހަރުގެ ކުރީކޮޅު މޭވާ އެކްސްޕޯޓް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗައިސިތު ވިދާޅުވީ، އެއްވެސް ނިމުމެއް ނައިސްފިނަމަ ޔުނާންގެ މޯހަން ޗެކްޕޮއިންޓާއި، ގުއާންގްޒީގައި ހުންނަ ޔޫޔިގުއާން ޗެކްޕޮއިންޓް އަދިވެސް ތޮއްޖެހިގެންދާނެ ކަމަށެވެ.

ތައިލޭންޑުގެ މޭވާއާއި ތަރުކާރީގެ ވިޔަފާރިކުރާ ފަރާތްތަކުން ދެކެނީ ޗައިނާއަކީ ވަރަށް ބާރަށް އެކްސްޕޯޓް ކުރާ މާކެޓެއް އޮންނަ ގައުމެއް ކަމަށާއި އެފަރާތްތަކުން ޑިމާންޑްތައް ފުއްދުމަށްޓަކައި ކާގޯގެ އިތުރުން ބޯޑަރު ހުރަސްކޮށް ދަތުރުފަތުރު ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ އަޕްގްރޭޑްކުރުން އަވަސްކުރަންޖެހޭ ކަމަށެވެ.

އެހެން ނަމަވެސް ތައިލެންޑުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

2021 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ތައި އެސް.އެމް.އީ ތަކުން ޗައިނާއަށް އެކްސްޕޯޓް ކުރި މުދަލުގެ އަގު 184.49 ބިލިއަން ބާތުގައި ހުރިއިރު، ޗައިނާއިން އިމްޕޯޓްކުރި މުދަލުގެ އަގު 454.89 ބިލިއަނަށް ވަނީ އަރާފައެވެ. ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ޗައިނާއިން ތައިލެންޑުން އެތެރެކުރި ޖުމްލަ މުދަލުގެ އަގު ހުރީ 1.7 ޓްރިލިއަން ބާތުގައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް