ads
ހަމަލަ ދީފައިވަނީ ޓްރެފިކް ބަލަހައްޓަން އުޅުނު ފުލުހަކަށް-- ފައިލް ފޮޓޯ
ފުލުހަކަށް ހަމަލަދީގެން ގްރޫފަކަށް ނިސްބަތްވާ ތިން މީހަކު ހައްޔަރުކޮށްފި
މާލޭގައި ހަރަކާތްތެރިވާ ގްރޫޕަކަށް ނިސްބަތްވާ ހަތަރު މީހަކު ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގައި ބިރު ދެއްކި މައްސަލާގައި އެ ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެޓްރފިކް ބެލެހެއްޓުމަށް

ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރު ކުރީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި މަޖީދީމަގާއި ދިލްބަހާރުމަގު ގުޅުނު ހިސާބުގައި ދެ ސައިކަލެއްގައި ދުއްވަމުން ދަނިކޮށް އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކު ހަމަލާދީ މާރާމާރީ ހިންގައި ބިރުދައްކައި އިންޒާރުދީފައިވާ މައްސަލައެއްގެ ތުހުމަތުގައި ކަމަށެވެ.

ފުލުސް މީހާއަށް ހަމަލަދީގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ވީނަސްވިލާ، އުމުރުން 27 އަަހަރުގެ މުޙައްމަދު ވިޢާމް އާއި ސ. ހިތަދޫ، ފާނަފިލާގެ، އުމުރުން 22 އަހަރުގެ ޙަސަން ޢަލީމް އަދި ކ. މާލެ، ދަފްތަރު ނަންބަރު ދރ2841، އުމުރުން 20 އަހަރުގެ ޝާން ޢަބްދުﷲ އެވެ. 

ފުލުހުން ބުނީ އެ ތިން މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، ހަތް ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބޭތިއްބުމަށް ކޯޓުން މުއްދަތު ޖަހާދީފައިވާ ކަމަށެވެ. މި އެންމެންނަކީވެސް ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށް ފުލުހުން ބުނެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް