ads
މަޑިވަރަށް މިއަދު ޖެއްސި ޓެސްޓް ފްލައިޓުގެ ކެޕްޓަނަށް މަރުހަބާ ދަންނަވަނީ--
މަޑިވަރުގައި ތަރައްގީ ކުރި އެއާޕޯޓް އަށް ޓެސްޓް ފްލައިޓް ޖައްސައިފި
ޗަންޕާ ބްރަދާސްއިން ޅ އަތޮޅު މަޑިވަރުގައި ތަރައްގީ ކޮށްފައިވާ މަޑިވަރު އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސައިފިއެވެ.

މޯލްޑިވިއަންގެ ފްލައިޓް މަޑިވަރު އެއާޕޯޓް އަށް ޖެއްސީ މިއަދު ހެނދުނު 10 ޖެހިއިރުއެވެ. އެއާޕޯޓް އަށް ޖެއްސި މޯލްޑިވިއަންގެ ފްލައިޓް ގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަލީ އާއި ސަރުކާރުގެ ކުންފުނިތަކުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ. 

your imageމަޑިވަރު އެއާޕޯޓަށް ޖެއްސި ޓެސްޓް ފްލައިޓުން ދަތުރުކުރި މީހުންނަށް މަރުހަބާ ކިޔަނީ--

ރައީސް ޔާމީނުގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު ހަވާލު ކުރި މި އެއާޕޯޓް ގައި، 1200 މީޓަރުގެ ރަންވޭއަކާއި، ފްލައިޓް ޕާކު ކުރާނެ ސަރަހައްދެއްގެ އިތުރުން އަލިފާން ނިއްވަން ހާއްސަ އިމާރާތަކާއި ޒަމާނީ ފެންވަރުގެ ޓާމިނަލެއް ހަދައިފައިވެއެވެ.

your imageމަޑިވަރު އެއާޕޯޓަށް މިއަދު ޖެއްސި ޓެސްޓް ފްލައިޓުގެ ކެބިން ކްރޫއަކަށް މަރުހަބާ ކިޔަނީ--

އެ އެއާޕޯޓުގެ ވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ އުފަން ދުވަހާ ދިމާކޮށް މިއަދު މަޑިވަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސި އިރު، 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދުކޮށްގެން، ތަރައްގީ ކުރި އެއާޕޯޓް ހިންގުން އަދި ވަކި ކުންފުންޏަކާއި ހަވާލުކޮށްފައި ނުވެއެވެ. 

މަޑިވަރުގައި އެއާޕޯޓެއް އަޅާ ހިންގުން ކުރިއަށްގެންދާ އިރު އެ ރަށުގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމުގެ ފުރުސަތު ވެސްވަނީ އެ ކުންފުންޏަށް ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް