ads
ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް
ޖުނައިހްގެ ބޭސްފަރުވާގެ ކަންކަން ހަމަޖައްސައި ނުދޭނަމަ ބަންދުން ދޫކޮށްލާނެ ކަމުގެ އިންޒާރު
މީގެ ތިން އަހަރު ކުރިން މާލޭގެ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލި ރ.މީދޫ/ ފެންފިޔާޒްގޭ މުހައްމަދު އަނަސް ގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ، ލ. ގަން، ތުނޑި ނަންނާރިގެ ޖުނައިހް އަބްދުﷲ އަށް ބޭނުންވާ ބޭސްފަރުވާގެ ކަންކަން ހަމަނުޖެހޭނަމަ އޭނާ ބަންދުން ދޫކޮށްލާނެ ކަމުގެ އިންޒާރު ޝަރީއަތުން ދީފިއެވެ.
Advertisement

މީގެ ކުރީގެ ޝަރީއަތްތަކުގައި ވެސް ޖުނައިހް ވަނީ، އޭނާއަށް ބޭސް ފަރުވާ ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށް ބުނެ ޝަކުވާ ކޮށްފައެވެ.އަދި އޭނަ ވަނީ ލޯ ފުސްވާ ކަމުގެ ޝަކުވާތަކެއް ކޮށްފައެވެ. 

މިއަދު ބޭއްވި އަޑުއެހުމުގައި އޭނާގެ ވަކީލް ބުނީ، ޖުނައިހްގެ ހިއްސަކަށް އުނިކަން އަންނައިރުވެސް އެކަމަށް ކަމާއި ބެހޭ އިދާރާތަކުން ސަމާލުކަން ދެމުން އަންނަކަމަށް ފާހަގަ ނުކުރެވޭ ކަމަށެވެ. އަދި ހުއްދަ ދިނުމަށް އެކުލަވާލާފައިވާ މެޑިކަލް ބޯޑުން އެ ބޯޑުގެ ކޯރަމް ހަމަނުވާކަމަށް ބުނެ ގޮތެއް ނުނިންމާ އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވަކީލް ވަނީ ބުނެފައެވެ. 

ޖުނައިހްގެ ލޮލުގެ މައްސަލަ އަކާއި ގުޅިގެން ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް ޑޮކްޓަރުން ވަނީ ޖަނަވަރީ މަހުގެ ތެރޭގައި ލަފާދީފައި ކަމަށް ޖުނައިހް ވަނީ ބުނެފައެވެ. 

މިކަމާއި ގުޅިގެން ކްރިމިނަލް ކޯޓުން މިމައްސަލަ ބައްލަވާ ގާޒީ، އަލީ ނަދީމް ވިދާޅުވީ، ދައުލަތުން ޖުނައިހްގެ ބޭސްފަރުވާގެ ކަންކަންމަށް ގޮތެއް ނިންމުމަށް 07 ދުވަހުގެ މުއްދަތެއް ދޭކަމަށާއި، އެމުއްދަތުގެ ތެރޭގައި ގޮތެއް ނުނިންމައިފިނަމަ ޖުނައިހް ބަންދުން ދޫކޮށްލާ އޭނާ ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ނެރެން ޖެހިދާނެ ކަމަށެވެ.

ގްރޫޕަކުން އަނަސް އަށް ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގައެވެ. އެމައްސަލައިގައި ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް