ބަނގުރާ ނައްތާލައިފި ވަނީ މިއަދު މާމިގިލި ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައި ކަމަށް ފުލުހުން ބުނެއެވެ.
ބަނގުރާ މިއަދު ނައްތާލާފައިވަނީ ބަނގުރާ ގެ މައްސަލަތަކާ ގުޅިގެން ހިފަހެހްއޓޭ ތަކެތި ނައްތާލުމަށް އަމަލުކުރާ ގަވާއިދުގެ ދަށުން އެކަމަށް ޙާއްސަ ކުރެވިފައިވާ ކޮމެޓީން ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން، ނައްތާލާފައިވަނީ 215 އިންސިޑެންޓުގައި ހިމެނޭ 468 ފުޅި ބަނގުރާއާއި 145 ދަޅު ބިޔަރު ދަޅު ކަމަށް ފުލުހުން ބުނެއެފައި ވެއެވެ.
މި ތަކެއްޗަކީ މި އަހަރުގެ ޖަނަވަރީ 16 އިން މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް މާމިގިލި އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށްވެސް ފުލުހުން ބުނެއެވެ.