ads
ހިޔާ ފްލެޓް ސަރަހައްދުގައި ކުރިއަށް ގެންދިޔަ އިހުތިޖާޖެއް
ހިޔާގެ "ނުދެއްކޭނެ" މުޒާހަރާ މާދަމާ ސަރުކާރުން ނިންމާ ގޮތަކާ ގުޅިފައި!
ހުޅުމާލޭ ދެވަނަ ފޭސްގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ކުއްޔާ ބެހޭ ގޮތުންހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން، މާދަމާ ރައީސް އޮފީހުގައި ބޭއްވޭ ބައްދަލުވުމުން ނިންމާ ގޮތަކާ ގުޅިގެން އަނެއްކާވެސް މުޒާހަރާއަކަށް ދާން ޖެހިދާނެ ކަމަށް ހިޔާ ޔޫނިއަނުން ބުނެފިއެވެ.

ހިޔާ ޔޫނިއަނުގެ ރައީސް އަބްދުﷲ އަމްޒަލް ރަޝީދު ސީއެންއެމްއަށް ވިދާޅުވީ މާދަމާގެ ކެބިނެޓް މީޓިންގައި ގްރޭސްޕީރިއަޑްގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވާކަމަށެވެ. އެބައްދަލުވުމުން ގްރޭސް ޕީރިއަޑް އިތުރު ކުރާ ގޮތަށް ނުނިމިއްޖެނަމަ އަނެއްކާވެސް ހިޔާގެ އަހުލުވެރިން މުޒާހަރާ އަށް ނުކުންނާނެ ކަމަށް އަމްޒަލް ވިދާޅުވިއެވެ. 

ހޯމަދުވަހުގެ ކެބިނެޓް ބައްދަލުވުމެއްގައި މިކަމާގުޅޭ ގޮތުން ވާހަކަދައްކަވާނެތޯ ނުވަތަ ނޫންތޯ ކުރި ސުވާލަށް ރައީސް އޮފީހުން ވަކި ޖަވާބެއް ނުދެއެވެ. 

މިހާރު އޮތް ގޮތުން ގްރޭސް ޕީރިއަޑްގެ މުއްދަތު ހަމަވާ ދުވަހަކީ މިމަހުގެ 31 ވަނަ ދުވަހެވެ. އެދުވަހަކީ ހުކުރު ދުވަހެކެވެ. 

ޔޫނިއަނުން ބުނީ މިކަމުގައި އެންމެ ފަހު ދުވަހަކީ 31 ވަނަ ދުވަސްކަމަށްވާތީ، އެދުވަހު އެންމެން އަނެއްކާވެސް "ނުދެއްކޭނެ" ނަމުގައި ބާއްވާ މުޒާހަރާއަށް ނުކުންނާނެ ކަމަށެވެ. 

މިކަމާގުޅިގެން ސޯޝަލަ މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިޔާގެ އަހުލުވެރިން ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. 

މިމަހުގެ 17 ވަނަދުވަހު ހިޔާ ފްލެޓުތަކުގެ "ފިނިޝިން" އަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށްޓަކައި ސަރުކާރަށް ހުށަހަޅާނެކަމަށް އެޗްޑީސީން ބުނެފައިވާކަމަށް ޔޫނިއަނުން ވަނީ ބުނެފައެވެ.

23 ސެޕްޓެމްބަރުގައި ޔޫނިއަނާއެކު ބޭއްވި ބައްދަލުވުމެއްގައި ހިޔާ ޔުނިޓްތަކުގެ ގުރޭސްޕީރިއެޑް އިތުރު ކުރުމާމެދު ވިސްނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވއެވެ. 

ފްލެޓްތައް ދިން ހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް އެކި މައްސަލަތައް އެ ފްލެޓްތަކާ ގުޅިގެން އަންނަނީ ކުރިމަތުި ވަމުންނެވެ.

ފްލެޓް ލިބުނުފަރާތްތަކަށް ފަސޭހައިން ލޯން ލިބޭނެ އިންތިޒާމެއް ހަމަޖެހިފައިނެތުމުން އެއްމެ ރަނގަޅު ލޯން ސްކީމް ފޯރުކޮށްދޭ އިސްލާމިކް ބޭންކުގެ ލޯން ކިއު ދިގުވެ ލޯންތަށް ދޫކުރުމުގައި މުއްދަތުތަކެއް ނަގާ، ގިނަބަޔަކަށް މަސައްކަތަށް ބޭނުންވާ ފައިސާ މަޖެއްސިފައިނެތުމުގެ ސަބަބުން 30 އިންސައްތަ އަށްވުރެ ގިނަ ފްލެޓްތަކުގެ މަސައްކަތް އަދިވެސް ނުފެށޭ ކަމަށް 23 ސެޕްޓެމްބަރުގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ކުލިދެއްކުމަށް ދައުލަތުން އަދި އެޗް.ޑީ.ސީ.އިން ދީފައިވަނީ 03 މަސްދުވަހުގެ ގްރޭސް ޕީރިއެޑެކެވެ. 03 މަސްދުވަހުގެ ތެރޭގައި ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށް ފްލެޓް ލިބުނު ފަރާތްތަކަށް ވަނީ ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތި ވެފައެވެ. ފްލެޓް ތަކުގެ އިންޓީރިއާ ފިނިޝިންގ އަށް ބޭނުންވާ ގިނަ ތަކެތި މާކެޓުން ލިބުމުގައި ދަތިތަށް ކުރިމަތިވެ، އަދި ބައެއް އައިޓަމްތަށް ރާއްޖޭގެ މާކެޓުން ހުސްވުމުން ބޭނުންވާ ބައެއް އަސާސީ ތަކެތި ލިބުމުގައިދަތިތަށް ވަނީ ކުރިމަތިވަމުން ގޮސްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް