ads
ރައީސް ސޯލިހްއާއި ޝައިހް ހަސީނާ
ޝައިހް ހަސީނާގެ ދަތުރުފުޅު ނިންމަވާލައްވާ ރާއްޖެއިން ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފި އެވެ.
Advertisement

ޝައިހް ހަސީނާއާއި ބަނގްލަދޭޝްގެ އިސްވެރިން ހިމެނޭ ވަފްދު ރާއްޖެ ވަޑައިގަތީ، މިމަހުގެ 22 ވަނަ ދުވަހުއެވެ. 

ޝައިހް ހަސީނާއަށް ރަސްމީ ގޮތުން މަރުހަބާ ކިޔާފައިވަނީ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައެެވެ. މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ޝައިހް ހަސީނާ، ރައީސް އަރިހުގައި ހަތްކޮޅުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމަށްފަހު އެކަމަނާ ވަނީ ރައީސްއާއި ބައްދަލުކުރައްވައި ރާއްޖެއާއި ބަނގްލަދޭޝް ސަރުކާރާ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައި މަޝްވަރާ ކުރައްވާފައެވެ. އެއަށްފަހު، ދެ ބޭފުޅުންގެ ކުރިފުޅުމަތީގައި ދެޤައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއް ވަނީ ބަދަލުކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ބަނގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި ބަދަލުކުރެވުނު އެއްބަސްވުންތަކަކީ 

  1. މެމޮރަންޑަމް އޮފް އަންޑަސްޓެންޑިން އޮން ދަ ރިކްރޫމަންޓް އޮފް ކޮލިފައިޑް ހެލްތް ޕްރޮފެޝަނަލްސް
  2. ރިނިއުވަލް އޮފް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އިން ދަ އޭރިއާސް އޮފް ހެލްތުކެއަ އެންޑް މެޑިކަލް ސައިންސް
  3. މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް
  4. ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ޓެކްސްއަށް މަކަރު ހެދުމުގެ ފުރުސަތު ނައްތާލުމަށާއި، ޑަބަލް ޓެކްސޭޝަން ނައްތާލުމަށް ހެދި އެގްރީމަންޓެވެ. 

މި އެއްބަސްވުންތަކުގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި 13 އަސްކަރީ އުޅަނދުތަކުގެ ތަޅުދަނޑި ރަމްޒީގޮތުން ހަވާލުކޮށްދެއްވުން ކުރިއަށް ގެންގޮސްފައިވެއެވެ.

އެ ދަތުރުފުޅުގެ ރަސްމީ މަސައްކަތްތައް ނިންމާލާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެއަށްފަހު އެކަމަނާ ފުރާވަޑާއިގަތުމާއި ހަމަޔަށް ހުންނެވީ ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލެއްވުމަށެވެ. 

އެއަށްފަހު އަނބުރާ ގައުމަށް ވަޑައިގަތީ މިއަދު މެންދުރު އެވެ. އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި އެކަމަނާ ފުރާވަޑައިގަތީ މިއަދު މެންދުރު 13:30 ހާއިރުއެވެ. އަދި އެގައުމުގެ "ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓަށް" ފްލައިޓު ޖައްސާނެކަމަށް ލަފާކޮށްފައިވަނީ އިރުއޮއްސި 06:15 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް