ads
ސާޖިދް ޖާވިދް
އިންގްލެންޑްގައި ކްރިސްމަސް ދުވަހު ރެކޯޑް އަދަދަކަށް ކޮވިޑް ފެތުރިއްޖެ
ކްރިސްމަސް ދުވަހު އިންގްލެންޑުން ރެކޯޑް އަދަދަކަށް ކޮވިޑް ކޭސްތައް ރިޕޯޓް ކޮށްފައެވެ.

އަދަދުތައް ދައްކާ ގޮތުން 25 ޑިސެމްބަރުގައި އިންގްލެންޑްގައި 113،628 މީހުންނަށް އަލަށް އިންފެކްޝަން ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. 

ޖެހިގެންއައި 26 ޑިސެމްބަރުގައި 103،558 މީހުންނަށް އަދި 27 ޑިސެމްބަރުގައި 98،515 މީހުންނަށް ވަނީ ބަލި ޖެހުނު ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.

އެހެންނަމަވެސް ހެލްތު ސެކްރެޓަރީ ސާޖިދު ޖާވިދު ވިދާޅުވީ އިންގްލެންޑްގައި ކޮވިޑުގެ އިތުރު ފިޔަވަޅު ތަކެއް އާއަހަރުގެ ކުރިން ނާޅާނެ ކަމަށެވެ. 

އެކަމަކު ހެލްތު ސެކްރެޓަރީ ވިދާޅުވީ ސަމާލުވެ ތިބެން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އިތުރު ފިޔަވަޅެއް އަޅަން ޖެހޭތޯ ނުވަތަ ނޫންތޯ އެނގޭނީ އާއަހަރު ފެށުމުން ކަމަށާއި އޭގެ ކުރިން އިތުރު ފިޔަވަޅެއް އަޅަން ގަސްތު ކޮށްފައި ނުވާކަމަށެވެ. 

ސްކޮޓްލޭންޑް ސަރުކާރުން ބުނީ ކްރިސްމަސް ވީކެންޑްގައި ސްކޮޓްލޭންޑުގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑްކުރެވިފައިވަނީ ކްރިސްމަސް ވީކެންޑްގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް