ads
ސިވިލް ސާވިސް ކޮމިޝަން ހިންގަމުން ގެންދާ ވެލާނާ ބިލްޑިން
މިނިމަމް ވޭޖްގެ ގޮތުގައި ސިވިލް ސާވަންޓުންނަށް ދޭނީ އެލަވަންސެއް
އަސާސީ މުސާރައަށް ބަދަލެއް ނުގެނެސް އެންމެ ކުޑަ އުޖޭރަ ހަމަޖެއްސުމަށްޓަކައި ސިވިލް ސާވިސްގައިވަޒީފާ އަދާކުރާ މީހުންނަށް އެލަވަންސެއް ދޭން ނިންމައިފި އެވެ.

މިއީ މިނިމަމްވޭޖް ދޭން ފެށުމުގެ ގޮތުން މިނިންމި ނިންމުމުގެ ދަށުން ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ 11800 އަށްވުރެ ގިނަ މުވައްޒަފުންނަށް މި އެލަވަންސް ލިބޭނެ ކަމަށް ޕޭ ކޮމިޝަނުން ބުނެފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުން ބުނެފައިވަނީ އޭގެތެރެއިން 50 އިންސައްތަ މީހުންނަށް 1500ރުފިޔާގެ ކުރިއެރުމެއް ލިބޭނެ ކަމަށާއި، އަދި 35 އިންސައްތަ މީހުންނަށް 1000ރުފިޔާގެ ކުރިއެރުމެއް ލިބޭނެ ކަމަށެވެ. 

ޕޭކޮމިޝަނުން ބުނިގޮތުގައި މިނިމަމް ވޭޖްގެ ގޮތުގައި އިތުރުވާނީ އެމީހެއްގެ އަސާސީ މުސާރައަށް ފިކްސްޑް އެލަވަންސްތައް ލައިގެން ޖުމްލަ 7000ރުފިޔާ ހަމަ ނުވާ މުވައްޒަފުންނަށް ކަމަށެވެ. 

ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ  އެންމެ ކުޑަ އުޖޫރަ ދިނުމާ ގުޅޭ ގަރާރުގައި ވާ ގޮތުން މިނިމަމް ވޭޖެއް ދެނީ، އަސާސީ މުސާރަ އާއި ޕިކްސްޑް އެލަވަންސް އާ އެއްކޮށް ކަމަށެވެ. އަދި އެއީވެސް ފިކްސްޑް އެލަވަންސެއް ކަމަށެވެ. 

އެލަވަންސެއްގެ ގޮތުގައި ދޭން ހަމަޖެހިފައިވާ މިނިމަމް ވޭޖް އެލަވަންސް އެކި މުވައްޒަފުންނަށް ލިބޭނީ އެކި ވަރަށެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ މިނިމަމް ވޭޖް އެލަވަންސް ލިބޭ މުވައްޒަފުންނަށް އަންނަ މަހުގެ 15 ގެ ކުރިން މުސާރައަށް އަންނާނެ ބަދަލުތައް އަންގާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް