ads
ނޯރާ އަށް ކޮވިޑް ޖެހި ބަލި އެނދުގައި!
ދެހާސް އަށާރަވަނަ އަހަރު ނެރުނު ބޮލީވުޑް ފިލްމު "ސަތިޔަމަވޭ ޖަޔަތޭ" ގައި ހިމެނޭ އައިޓަމް ސޯންގް "ދިލްބަރް" އިން ވިދާލި ނެށުންތެރިޔާ ނޯރާ ފަތެހީ ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް ހިއްސާކޮށްފައެވެ.

ނޯރާ ބުނެފައިވަނީ އޭނާގެ ހާލު މިވަގުތު ގޯސް ކަމަށާއި އެނދުން ވެސް ނުތެދުވިފައިވާ ކަމަށެވެ. އަދި ގޭގައި ޑޮކްޓަރުން އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ނޯރާ ވަނީ ބުނެފައެވެ.

ނޯރާ ކޮވިޑަށް ޕޮޒިޓިވްވުމާއެކު އޭނާގެ ފޭނުންނާއި ފިލްމީ ދާއިރާގެ ގިނަ މީހުންގެ އިތުރުން ރަހުމަތްތެރިން އަންނަނީ ބަލިން އަވަހަށް ރަނގަޅުވުމަށް އެދި ހެޔޮ ދުއާ ކުރަމުންނެވެ.

ނޯރާ ބުނެފައިވަނީ މިއީ ވަރަށް ވަރުގަދަ ބައްޔެއް ކަމަށާއި މި ބަލިން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުން ވެސް ފުރިހަމަ ރައްކާތެރިކަމެއް ކަށަވަރުކޮށްގެން ތިބެންޖެހޭ ކަމަށެވެ.

މިހާތަނަށް ގިނަ އައިޓަމް ސޯންގް ތަކަކުން ފެނިގެންދިޔަ ނޯރާގެ އެންމެ ފަހުން ނުކުތް ލަވަ އަކީ މި މަހުގެ ތެރޭގައި ނުކުތް "ޑާންސް މެރި ރާނީ" އެވެ. އެ ލަވައިގައި އޭނާ މާމެޑެއްގެ ރޯލުން ފެނުނު އިރު އެ ލަވަ ވެސް ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް