ads
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ----
ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އަންނަ މަހު ރާއްޖެ ވަޑައިގަންނަވަން ނިންމައިފި އެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ، އެ ގައުމުގެ ފޮރިން މިނިސްޓަރު ވަންގް ރާއްޖެ ވަޑައިގަންނަވާނީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ. އެއީ މިފެށޭ ޖެނުއަރީ މަހުގެ ހަތަކުން ފެށިގެން އަށަކާއި ހަމަޔަށެވެ. 

ހަ އަހަރު ފަހުން ޗައިނާގެ ސަރުކާރުގެ ފަރާތުން އިސް ބޭފުޅަކު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ މިވަޑައި  ގަންނަވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ރަންޔޫބިލް ފާހަގަކުރުމަށް ހިންގަން ރާވާފައިވާ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ކަމަށް އެ ގަައުމުގެ އެމްބަސީން ބުނެއެވެ. އަންނަ އަހަރަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރޭ މުނާސަބަތެވެ.

ޗައިނާގެ ސަރުކާރުގެ ފަރާތުން އެންމެ ފަހުން ރާއްޖެ ވަޑައިގަންފައިވަނީ 2014 ވަނަ އަހަރުއެވެ. އެއީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ރަސްމީ ދަތުރުފުޅެއްގައެެވެ. 

ރައީސް ޔާމީންގެ ވެރިކަމުގައި ގާތްގުޅުމެއް ޗައިނާއާއިއެކު ގާއިމު ކުރަމުން ދިޔަނަމަވެސް 2018 ވަނަ އަހަރު ވެރިކަން އެމްޑީޕީގެ ސަރުކާރަކަށް ބަދަލުވިފަހުން ގާތްގުޅުމެއް ބާއްވަމުންދަނީ އިންޑިއާއެވެ. ނަމަވެސް މިދިޔަ މަހުގެ ތެރޭގައި، ރާއްޖޭގެ ފޮރިިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޗައިނާއަށް ވަޑައިގެންފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް