ads
ނޯރާ ފަތޭހީ
ކޮވިޑް ޖެހުމުުން ނޯރާ އެދުނީ އެންމެން މާސްކް އެޅުމަށް
އިންޑިއާގައި ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން އަންނަ މިދަނޑިވަޅުގައި އިންޑިއާގެ މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓަރު ނޯރާ ފަތޭހީ ވެސް ވަނީ އެ ބައްޔަށް ޕޮޒިިޓިވްވެފައެވެ.
Advertisement

ނޯރާ ކޮވިޑް ޖެހުނު ވާހަކަ މީޑިއާތަކަށް ތިލަވުމުން އޭނާ ފޭނުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެެވެ. އަދި ނޯރާގެ ހާލު މިހާރު ކިހިނެތްތޯ ގިނަ ބަޔަކު ސުވާލުކުރަމުންނެވެ.

އެގޮތުން ނޯރާ ވަނީ އިންސްޓަގްރާމްގައި ފޭނުންނާ ހިއްސާކުރި ޕޯސްޓެއްގައި ބުނީ ކޮވިޑް ޖެހުމުން އެކި މީހުންނަށް ވަނީ އެކިވަރު ކަމަށެވެ. އަދި އޭނާއަށް ބަލީގައި ބޮޑުވަރުވި ކަމަށާއި ޑޮކްޓަރުގެ ބެލުމުގެ ދަށުން ފަރުވާވެސް ދޭން ޖެހުނު ކަމަށް ބުނެއެވެ. މިވަގުތުވެސް ކޮވިޑާއި ހަނގުރާމަކުރަމުން ދާކަމަށާއި މިދިޔަ ދުވަސްތަކުގައި އެނދުމަތިކޮށްވެސް ފަރުވާދިން ކަމަށެވެ.

ނޯރާ ވަނީ އެންމެން ވެސް ސަލާމަތުން ތިބުމަށާއި މާސްކު އެޅުމަށް އެދިފައެވެ.

މިދުވަސްވަރު ވަރަށް ހަލުވިކޮށް ކޮވިޑް ފެތުރެމުންދާކަން ފާހަގަކޮށް ނޯރާ ވަނީ ޜައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިފައެވެ.  އަދި އެއްވެސް ކަމަކީ ތިމާ ސިއްހަތައް ވުރެ މުހިއްމު ކަަމަކަށް ނުވާނެ ކަމަށް ނޯރާ ބުނެއެވެ. 

ނޯރާ އަށް ކޮވިޑް ޖެހިފައިވާއިރު ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި އޭނާ މަގުމަތީގައި އުޅޭ ފޮޓޯތައް ހިއްސާކުރަމުންނެވެ.

ނަމަވެސް އެކަމަށް ރައްދުދެމުން ނޯރާގެ ތަރުޖަމާނު ވަނީ އެކަން ދޮގުކޮށް ދައުރުވަމުންދާ ފޮޓޯތަކަކީ މާ ކުރިން ނަގާފައިވާ ފޮޓޯއެއްކަމަށް ބުނެފައިވެއެވެ.!

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް