ads
މަސް ރިހަ
ދުނިޔޭގައި އެންމެ ފާހަގަކުރެވޭ ރިހަތަކުގެ ލިސްޓުގައި ރާއްޖޭގެ މަސްރިހަ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކި ބާވަތްތަކުގެ ރިހަތައް ތައްޔާރުކުރެ އެވެ. އެގޮތުން މިއިން ކޮންމެ ރިހައަކީ މީހެއްގެ ހިތް ދަމައިގަންނަ ފަދަ މީރު ރިހައަކަށް ނުވެދާނެ އެވެ. އަނެއް ބައި ރިހަތަކަކީ އެއް ފަހަރު ކެއުމަށް ފަހު ދެވަނަ ފަހަރު ކާން ބޭނުންވާހާ މީރު ރިހައަކަށް ވެސް ވެދާނެ އެވެ. ހަމަގައިމު ވެސް ދުނިޔޭގައި ފާހަގަކޮށްލެވޭ ރިހަތަކުގެ ލިސްޓަށް ރާއްޖޭގެ ނަން އައިސްފިނަމަ އެއީ ދިވެހިންނަށް ލިބޭނެ ބޮޑު ޝަރަފެއްކަން ޔަގީނެވެ. 
Advertisement

ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ރިހަތަކުގެ ލިސްޓަށް ރާއްޖޭގެ "މަސް ރިހަ" އެމެރިކާގެ މަޝްހޫރު މީޑިއާ ކުންފުނި، ސީއެންއެން އިން މިވަނީ ހިމަނާފަ އެވެ. 

ބައެއް ގޭގޭގައި މަސް ރިހަ ތައްޔާރުކުރާ ގޮތުގައި ކުދިކުދި ތަފާތުތަކެއް ހުރި ނަމަވެސް ބަދަލު ނުވާނެ ހަގީގަތަކީ މިއީ ދިވެހިންނަށް ހާއްސަ ރިހައެއް ކަމެވެ. 

ސީއެންއެންގެ މި ލިސްޓުގެ އެންމެ ކުރީގައި އޮތީ އިންޑިއާގެ ބަޓާ ޗިކަން އެވެ. ރާއްޖޭގެ މަސް ރިހަ އޮތީ ލިސްޓުގެ ހަ ވަނައިގަ އެވެ. 

ރާއްޖެ އާއި އިންޑިއާގެ އިތުރުން ދެން މި ލިސްޓުގައި ހިމެނެނީ ޖަމައިކާ، ޖަޕާން އަދި ސައުތު ކޮރެއާ އާއި މެލޭޝިއާ އަދި ސިންގަޕޫރުގެ އިތުރުން ޕާކިސްތާނާ،އި ސައުތު އެފްރިކާ އަދި ސްރީލަންކާ އާއި ތައިލެންޑްގެ ރިހަތަކެވެ. އަދި ކަރީބިއަން އާއި ޔޫކޭ ވެސް މި ލިސްޓުގައި ހިމެނެ އެވެ. 

މަސް ރިހައަށް ބޭނުންވާނެ ސާމާނު:

- ކަނޑުމަސް - ފޮނިތޮށި - މުގުރި ދަވިއްގަނދު - ކާފޫރު ތޮޅި - ތެޅި މިރުސް - އިނގުރު - ތެޔޮ - ލޮނުމެދު - ހެލެނބެލި ހުތް (އޮށް ނުލައި) -  ހިކަނދިފަތް - ގިތެޔޮ މިރުސް (ބޭނުން ވަރަކަށް) - ރާނބާ ފަތްކޮޅެއް - ފިޔާ - ބޯކިރު - ޖޯޑު ފެންކިރު - ރީނދޫ - ލޮނު 

ކުރިން ވެސް ފާހަގަކުރި ގޮތަށް މި ރިހަ އެކި ރަށްރަށުގައި ކައްކާ އުޅެނީ ތަފާތު އެކި ގޮތްގޮތަށް ކަމުން ރިހަ ކެއްކުމަށް ބޭނުންކުރާ ބައެއް ތަކެތި ތަފާތު ވެދާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް