ރައީސްގެ މި ދަތުރުފުޅުގައި ނ އަތޮޅުގެ މާފަރު، ލަންދޫ، މަނަދޫ، މަގޫދޫގެ އިތުރުން ހޮޅުދު އަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެރަށްރަށުގެ ކައުންސިލްތަކައި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ އިތުރުން ރައްޔިތުންނާވެސް ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެޖެހިފައެވެ.
ރައީސްގެ މިދިޔައަހަރުގެ އެންމެ ފަހު ރަށަކަށްވީ ކ މާފުއްޓެވެ. އެރަށަށް ވަޑައިގެންނެވީ އެރަށުގެ ޕިކްނިކް އައިލެންޑާއި އެ ރަށުގެ ހިއްކި ބިން ކައުންސިލްއާ ހަވާލު ކުރެއްވުމަށްޓަކައެވެ. އެއީ މިދިޔަ ޑިސެމްބަރު މަހުގެ 28ގައެވެ.
ނ އަތޮޅަށް ރައީސް މިވަޑައިގަންނަވާ ދަތުރުފުޅަކީ މިއަހަރު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.