ads
ނޯރާގެ އާ ލަވައަށް ޓިކްޓޮކް ހެދި ބައެއް ދިވެހިން…
ނޯރާގެ އާ ލަވައަށް ޓިކްޓޮކް ހަދާ ދިވެހިން ވެސް ފިސާރި ކުޅަދާނަ
މިދިޔަ އަހަރުގެ އެންމެ ރީތި ތާރީހު ކަމަށްވާ 21/12/21 ގައި ބޮލީވުޑްގެ ކުޅަދާނަ ނެށުންތެރިޔާ އެންމެ ފަހުން ނެރުނު އާ ލަވަ "ޑާންސް މެރި ރާނީ" އަަށް ތަރުހީބު އޮހެމުންދަނީ ހުއްޓުމެއް ނެތިއެވެ. ލަވަ ރިލީޒްކުރިތާ މާ ގިނަ ދުވަހެއް ނުވާއިރު މިލިއަނުން މީހުން ބަލާފިއެވެ. ނުވިތާކަށް ޓިކްޓޮކްވެސް ފަތަހަކޮށްފިއެވެ.
Advertisement

ދިވެހިންގެ ތެރޭގައި ވެސް އެ ލަވަ މަގުބޫލު ވެފައިވާ އިރު ޓިކްޓޮކުން ހުނަރު ދައްކަމުން އަންނަ ބައެއް ހުނަރުވެެރިން ވެސް ވަނީ އެ ލަވައިގެ ކަޑިތަކަށް ޓިކްޓޮކް ކުޅެން ފަށާފައެވެ. 


ނޯރާ އަކާ ދުލެއް ނުކުރެއޭ ބުނެވިދާނެއެވެ. އަސްލު ލަވައިގައި ނޯރާ ލައްވާ ބަނޑި ތަކާއި ޖައްސާ ފަރި ހަރަކާތްތަކާއި ދާދި އެއްގޮތަށް އެ ފަންނާނުން ވެސް ނަށައިފިއެވެ.

މިގޮތުން ފިލްމީ ތަރި ނުޒުހަތު ޝުއައިބް (ނުޒޫ) އާއި ޓިކްޓޮކްގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ހަސަން ނިޒާރު އަދި ނުޒޫގެ ބެސްޓް ފްރެންޑު "ޑާންސް މެރި ރާނީ" އަށް ޓިކްޓޮކް ކުޅެ މިވަނީ ހުނަރު ދައްކާފައެވެ. އެ ޓިކްޓޮކަށް ވެސް ހާހުސް ވިއުސް އާއި ލައިކްސް ލިބިފައި އެބަހުއްޓެވެ.

ޓިކްޓޮކްގައި އެއްލައްކަ ނުވަދިހަ ހާހަށް ވުރެ ގިނަ ފޮލޯވާސް ހުންނަ ހަސަން ނިޒާރު ވަނީ ރަސްފަންނު ސަރަހައްދުގައި އެކަނި ވެސް އެ ލަވައަށް ޓިކްޓޮކް ހަދާފައެވެ.

މި ލިސްޓުގައި ނުހަނު ކުޅަދާނަ ދިވެހި ޓިކްޓޮކް ހަދާ މަލްދާގެ ނަން ނުހިމަނާ ނިންމައިގެން ނުވާނެއެވެ. ރީތި ޓިކްޓޮކް ކުޅެ އަބަދުވެސް އާންމު ކުރަމުން އަންނަ އެ ޒުވާނާ ވެސް ވަނީ ނޯރާގެ އާ ލަވައަށް ޓިކްޓޮކް ކުޅެ އެތައް ބައެއްގެ ތައުރީފު ހޯދާފައެވެ.

މި ތިން ހުނަރުވެރިންގެ ޓިކްޓޮކްއަށް ވެސް ކޮމެންޓްތައް ބަންޑުން ވެފައި ވަނީ އިންތިހާއަށްކަން ފާހަގަކޮށްލެވެއެވެ.

ދިވެހިންނަކީ ވެސް ހުނަރުވެރި ބައެކޭ ނުބުނެ ދޫކޮށްލެވޭކަށް ނެތެވެ. ރީތި ދިވެހި ލަވަ ތަކުގެ އިތުރުން ހިންދީ އަދި އިނގިރޭސި ލަވަތަކަށް ޓިކްޓޮކް ކުޅެ އާންމު ކުރާ އެންމެން ވެސް ފިސާރި ކުޅަދާނައެވެ. ބަޔަކު މީހުން ފާޑު ކިޔަސް އެމީހުން އަންނަނީ އެމީހުންގެ ހުނަރު އެކި ގޮތްގޮތުން ދައްކަމުންނެވެ.

26%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
49%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް