ads
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު
އިންތިހާބު އޮޅުވާލި ކަމަށް ބުނެ މައްސަލަ އަނެއްކާވެސް ކޯޓަށް
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޮޅުވާލި ކަމަށް ބުނާ މައްސަލަ ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅަން ތައްޔާރު ވަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ޤާނޫނީ ޓީމުން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމާއި ޕީއެންސީގެ ލީގަލް ޓީމުގެ ވަކީލް އާދަމް އާސިފް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާނުކޮށްފައި ވަނީ ބޮޑެތި ޖަރީމާތަކެއް ހިންގުމަށް ފަހު ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އާސިފް ވިދާޅުވީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކޮށްފައި ވަނީ ވޯޓު ފޮށިތައް އިންތިހާބާ ބެހޭ މަރުކަޒު، ބާޖަމާލުއްދީނަށް ނުވެސް ގެންދަނީސް ކަމަށާއި، އިއުލާނުކުރީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އަމިއްލަފުޅަށް ހެއްދެވި ލިސްޓަކާ އެއްގޮތަށް ކަމަށެވެ. 

އެކަންކަން ސާބިތުވާވަރުގެ ހެކި އެބަހުރި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޕޮލިހަށާއި އަދި ކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ވޯޓުލީ އިންތިހާބުގެ ނަތީޖާ އަކީ ޤާނޫނުގެ ތެރެއިން ސައްހަ ނަތީޖާއެއްތޯ ބެލުމުގެ ހައްގު ލިބިގެންވޭ. އެހެންވީމާ ރައްޔިތުންގެ ހައްގުގައި އެކަން އަޅުގަނޑުމެން ކުރާނަން،" އާސިފް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް