ads
މާމެންދޫ ކައުންސިލްގެ ނައިބް ރައީސް މިސްބާހު މުޖުތަބާ
އިތުބާރު ނެތް ކަމަށް ފާސްކޮށް މާމެންދޫ ކައުންސިލްގެ ނައިބް ރައީސް މަގާމުން ވަކިކޮށްފި
ގއ. މާމެންދޫ ކައުންސިލްގެ ނައިބު ރައީސް މިސްބާހު މުޖުތަބާ ނައިބުރައީސް ކަމުގެ މަގާމުން ވަކިކޮށްފިއެވެ.
Advertisement

މާމެންދޫ ކައުންސިލުން މިއަދު ނެރެފައިވާ ބަޔުާނެއްގައި ބުނެފައިވަނީ ކައުންސިލްގެ ނައިބު ރައީސް މިޞްބާޙް މުޖުތަބާގެ އިތުބާރު ނެތްކަމަށް ކައުންސިލްގެ 29 ވަނަ ޖަލްސާއިން ނިންމާފައިވާ ކަމަށެވެ.

އަދި އެނިންމުން، ނިންމާފައިވަނީ ގަވާއިދު ނަންބަރު 2021/R-143 (ލޯކަލް ކައުންސިލްތަކުގެ އާންމު އިޖްރާއީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާފައިވާތީ، މިއަދުން ފެށިގެން ކައުންސިލްގެ ނައިބު ރައިސް މިޞްބާޙް މުޖުތަބާ، ނައިބު ރައީސްގެ މަގާމުން ވަކިވެފައިވާކަން އެންމެހައި ރައްޔިތުންގެ މައުލޫމާތަށްޓަކައި އަންގާ ކަމަށެވެ. 

ނައިބު ރައީސްގެ މަގާމުން ވަކިވި ނަމަވެސް ކައުންސިލް މެންބަރެއްގެ ގޮތުގައި މެންބަރު މިޞްބާޙް މުޖުތަބާ ކައުންސިލްގައި ހުންނަވާނެ ކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ. 

މީގެ ކުރިން މާމެންދޫ ސްލިޕްވޭ ސަރަހައްދުގައި ހުރި ވެލި ފުންޏަކުން އަށް ބަސްތާ ވެލި ނެގި މައްސަލަ އެއްގައި އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު އަޒީޒު އާއި ނައިބު ރައީސް މިސްބާހު މުޖުތަބާގެ ދެބަސްވުންތަކެއް ވަނީ އުފެދިފައެވެ.

ކައުންސިލްގެ ނައިބު އެކަމާއި ބެހޭ ގޮތުން ފޭސްބުކްގައި އޭރު، ލިޔެފައިވަނީ ސްލިޕްވޭގައި ފުނިޖަހާފައިވާ ވެލި ފުންޏަކީ ގޮނޑު ދޮށަށް އަޅަން ޖެހޭ ވެލި ކަމަށާއި އެއްވެސް ހާލަތެއްގައި ކައުންސިލުގެ ނުވަތަ  އަމިއްލަ ފަރާތެއްގެ ބޭނުމަށް އެ ވެލި ފުނިން ވެލި ނަގައި  ބޭނުން ކުރެވިގެން ނުވާނެ ކަމަށެވެ. އަދި އެ ވެލިފުނި ނަގައި ގޮނޑު ދޮށަށް އެޅުމަށް އަމިއްލަ ފަަރާތަކާއެކު މިހާރުވެސް ވާހަކަ ދެކެވުމުންދާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މިކަމާއި ގުޅިގެން ސީއެންއެމް އިން ގުޅާލުމުން މާމެންދޫ ކައުންސިލްގެ ރައީސް އަހުމަދު އަޒީޒު އޭރު ވިދާޅުވީ، މިސްބާހު މަގާމުން އެކަހެރިކޮށްފައި ނުވާނެ ކަމަށާއި އެއީ އޭނާ އަމިއްލައަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި މިސްބާހް އަށް ވެސް އަދި އިތުރު އެއްވެސް ފަރާތަކަށް އޭނާ ޒާތީވެ" ހަސަދަ" ވެރިވެގެން ނޫޅޭ ކަމަށެވެ.

40%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް