ads
ރައީސް ސޯލިހު ނ. ލަންދޫގައި: ފޮޓޯ/ރައީސް އޮފީސް
ބަޔަކު ރުޅި އަޔަސް މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވާނަން: ރައީސް
ރާއްޖެއަށް އެތެރެކުރަން އުޅޭ މަސްތުވާތަކެތި އަތުލައިގަންނާތީ އެކަމާއި މެދު ކަންބޮޑުވާ ބަޔަކު ތިބޭ ކަމަށާއި، އެހެން ނަމަވެސް އެމަސައްކަތް ކުރުން ހުއްޓާ ނުލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
Advertisement

ނ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ލަންދޫ ބަނދަރު އިފްތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މުޖްތަމައުގެ ހުރިހާ ފަރުދުންނަށް އަމާން ކަމާއިއެކު ހިތްހަމަޖެހިގެން އުފާވެރި ދިރިއުޅުމެއް އުޅެވޭނީ، އިޖްތިމާއީ ގޮތުން ހަމަޖެހޭ މާހައުލެއް ގާއިމް ކުރެވިގެން ކަމަށެވެ. 

އަދި މިއަދު ރާއްޖޭގެ އިޖްތިމާއީ ހަމަނުޖެހުން ގެއްލިފައި ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށާއި، މިވަބާ ރާއްޖޭގެ ގިނަ ރައްތަކުގައި ފެތުރިފައި ވާކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ޓާސްކް ފޯހެއް އުފައްދަވާފައި ވާކަމަށާއި އެކަމުގެ ނަތީޖާ މިއަހަރުގެ މެދު ތެރޭ ފެނިގެން ދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. 

އެމަނިކުފާނުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، ރާއްޖެއަށް އެތެރެ ކުރަން މަސައްކަތް ކުރާ މަސްތުވާތަކެތި ހިފެހެއްޓުމުގައި ދިވެހި ސިފައިންނާއި ފުލުހުންގެ ފަރާތުން ފެނިގެންދަނީ ޝުކުރު ހައްގުވާ މަސައްކަތެއް ކަމަށާއި، މަސްތުވާތަކެތި ހިފެހެއްޓުމަށް ބޭރު ގައުމު ތަކުގެ އެހީތެރިކަންވެސް ލިބެމުން އަންނަ ކަމަށެވެ. 

ފަހަކަށް އައިސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުން އަންނަ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ނިމިދިޔަ އަހަރު ރެކޯޑް މިންވަރަކަށް މަސްތުވާތަކެތި އަތުލައިގެންފައި ވާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. 

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރާއްޖެއަށް އެތެރު ކުރާ މަސްތުވާތަކެތި ހިފެހެއްޓުމުން އެކަމާއި މެދު ކަންބޮޑުވާ ބަޔަކު ތިބޭ ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރުމުގައި ސާބިތުވެ ހުންނަވާނެ ކަމަށާއި، އެ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމަށް ވިދާޅުވިއެވެ.  

57%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް