ads
ލަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މި ސަރުކާރަކީ އަބަދުވެސް ރައްޔިތުންގެ އަޑުއަހާނެ ސަރުކާރެއް: ރައީސް ސޯލިހް
މި ސަރުކާރަކީ އަބަދުވެސް ރައްޔިތުންގެ އަޑު އަހާނެ ސަރުކާރެއް ކަމަށާއި، މަޝްރޫއުތައް ކުރިޔަށް ގެންދިޔުމާއި ގޮތް ނިންމުމުގައި ރައްޔިތުންގެ ވިސްނުމަށް ސަރުކާރުން ރިއާއަތްކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ނ. ލަންދޫ ބަނދަރު އިފްތިތާހްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ މިއަދަކީ ލަންދޫގެ ރައްޔިތުންނަށް ސަރުކާރުންވީ ވައުދެއް ފުދިގެންދާ ދުވަހެއް ކަމަށާއި އެއީ، ލަންދޫގެ ރައްޔިތުން އެންމެ ބޮޑަށް އެދުނު އެއް އެދުން ކަމަށެވެ.

ބަނދަރު ބޮޑުކޮށް ތަރައްޤީކޮށްދިނުމަކީ ލަންދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް އެދުންކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ، މިއަދަކީ އެކަން ނިމި، ރައްޔިތުންނާއި، ކައުންސިލާ އެ ބަނދަރު ހަވާލުކުރެވިގެންދާ ދުވަސް ކަމަށްވާތީ، އެކަން ކުރެވިފައި އޮތީ ރައްޔިތުން އެންމެ ބޭނުންގޮތަށް ކަމަށްވާ ކަމަށްވަންޏާ އެއީ، ލިބޭ އިތުރު ހިތްހަމަޖެހުމެއް ކަަމަށެވެ. 

ސަރުކާރުގެ ފަރާތުން ރައީސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ފަށާފައި ހުރި ތަރައްޤީގެ އެކި މަޝްރޫއުތައް ބަލައި ކުރިއަށް ގެންދިޔުމަށް ދެން ކުރަންޖެހޭ ކަންތައްތައް ދެނެގަތުމުގެ ދަތުރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކޮންމެ މަޝްރޫޢެއްވެސް، ކޮންމެ ކަމެއްވެސް ކުރަމުން ގެންދަނީ، އެ ރަށެއްގެ ނުވަތަ އެ އަތޮޅެއްގެ ރައްޔިތުންނާ މަޝްވަރާކޮށް އަޑުއަހައިގެން ކަމަށެވެ. 

"އަޅުގަނޑުވެސް، މިތާ މި ތިއްބެވި ކޮންމެ ވަޒީރަކުވެސް އަދި ކުންފުނިތަކުގެ އެމް.ޑީ.ންވެސް މަސައްކަތް ކުރަމުން ގެންދާނީ ރައްޔިތުން އެދޭގޮތަށް. ރައްޔިތުންގެ އަޑުއަހައިގެން. މި ސަރުކާރަކީ އަބަދުވެސް ރައްޔިތުންގެ އަޑުއަހާނެ ސަރުކާރެއް.

އެހެންކަމުން، ކަމެއް ކުރިއަށްގެންދާއިރުގައި، ރައްޔިތުން ބޭނުންވާ ކަމެއް އޮތްނަމަ އެކަމެއް ހިއްސާކުރުމަށް ރައީސް ސޯލިހް އެދިވަޑައިގަތެވެ. 

ރައީސް ވިދާޅުވީ ލަންދޫގެ ބަނދަރު ހަދަން ފެށްޓީ، 300 ފޫޓުގެ ބަނދަރެއް، 500 ފޫޓުގެ ބަނދަރެއްގެ ގޮތުގައި ތަރައްގީކުރަން ނަމަވެސް، ރައްޔިތުން ބޭނުންވީ އަދި އެއަށްވުރެވެސް ބޮޑުކުރަން ކަމަށާއި އެހެންކަމުން މިއަދު ހުޅުވުނު ބަނދަރަކީ، ރައްޔިތުންގެ ބޭނުންތައް ރަނގަޅަށް ފުއްދޭވަރަށް ހެދިފައި އޮތް ބަނދަރެއް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ދެން އިތުރަށް ބޭނުންވާ ކަމެއްގެ ގޮތުގައި ވިދާޅުވެފައި އޮތީ، އޮޑިއެހެލާ ތަނެއް ފުރިހަމަކޮށްދިނުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެމްޓީސީސީ ލަންދޫއިން ފައިބައިގެންދާއިރު، ރައްޔިތުން ބޭނުންވާ ގޮތަށް އޮޑިއެހެލާ ތަންވެސް ފުރިހަމަވެގެންދާނެ ކަމަށެވެ. 

މީގެ އިތުރުން ލަންދޫގެ ރައްޔިތުންނަށް އިތުރު ވައުދެއްގެ ގޮތުގައި އޮތް މިސްކިތެއް އެޅުމުގެ ވައުދުވެސް ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރުން ތަރައްގީކުރެވިގެންދާތީ އެކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެމަސައްކަތް ފުރަތަމަ ފެށީ 300 މީހުންގެ ޖާގައިގެ މިސްކިތެއްގެ ގޮތުގައި ނަމަވެސް، މިހާރު ނިމިގެން އެދަނީ، 500 މީހުންގެ ޖާގަ އެކުލެވޭ ޒަމާނީ މިސްކިތެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެެވެ. އެކަންތައްވެސް މިއަދު ނިމި، ރައްޔިތުންނާ ހަވާލުކުރެވޭތީ، އެއީ ވެސް ސަރުކާރަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް