ads
ހަނގާކުރުން
ބުލީ ކުރުން، މުޖުތަމައުގައި އޮތް ވޭންދެނެވި ބޮޑު ބައްޔެއް!
ބުލީ ކުރުމަކީ މި މުޖުތަމައުގައި ހިނގަމުންދާ ވަރަށް ވެސް ނޭދެވޭ އަމަލެކެވެ. ބުލީ ކުރުމުގެ ސަބަބުން މި ދުނިޔެ އާ ވަކިވެގެން އެތަކެއް ކުދިންނެއް ގޮސްފައިވެއެވެ.
Advertisement

ބުލީ ކުރާ މައްސަލަ އާ މެދު ވިސްނާ ފިކުރު ކުރާކަށް ނުވޭހެއްޔެވެ. ކުއްޖަކު ދުނިޔެ އާ ވަކިވެގެން ދާނީ އެކަމަކީ ވަރަށް ވެސް ނުރައްކާތެރި ކަމަކަން ވީމަ އެވެ. ބުލީ ކުރުމުގެ މައްސަލަ އާ ދިރިއުޅުމުގައި ކޮންމެވެސް ހިސާބެއްގައި ބައްދަލު ކޮށްފައި ނުވަތަ ބައްދަލު ކުރާނެ ކަމެކެވެ. ހަމަ އެގޮތަށް ސުވާލު އުފެދެނީ ބުލީގެ ޝިކާރަކައަކަށް މިއަދު ކިތައް ކުދިން ވެދާނެ ބާވައެވެ.

ބުލީ ކުރުމާ އެންމެ ފުރަތަމަ ކުދިން ކުރިމަތިލާން ޖެހެނީ ސުކޫލުގެ މާހައުލުންނެވެ. އެހެން ނަމަވެސް މިހާރު ގޭތެރެއިންނާ، ބޭރު ތެރެއިން ވެސް މިކަން މި ވަނީ އާންމުވެފައެވެ. ސުކޫލުތެރެއަށް ނަޒަރު ހިންގާލާއިރު ހަމައެކަނި މަލާމާތާ ފުރައްސާރަ އަމާޒުވަނީ އެތާ އުޅޭ ކުދިންގެ ފަރާތުން އެކަންޏެށް ނޫނެވެ. 

ކިޔަވައިދެއްވާ ބައެއް ޓީޗަރުންނާ ބެލެނިވެރިންގެ ފަރާތުން ވެސް މަލާމާތުގެ ބަސް ރައްދުވެއެވެ. ކުއްޖަކު ކިޔަވަން ދަށްވުމަކީ އެކުއްޖާ އެކަނިކޮށް ބާކީ ކޮއްލަންޖެހޭ އެއްވެސް ސަބަބެއް ނޫނެ އެވެ. ހަމަ އެގޮތަށް ކުއްޖެއްގެ އުފަންވުމުގައި ހުންނަ އުނި ކަމަކީ ވެސް އެކުއްޖަކަށް ލިބެންޖެހޭ ހައްގަކުން މަހުރޫމް ކުރަންޖެހޭނެ އެއްވެސް ސަބަބެއްގެ ގޮތުގައި ގަބޫލުކޮށްގެން ނުވާނެ އެވެ.

ސުކޫލުގެ ތެރެއިން ބުލީ ކުރުމާ ކުރިމަތިލާން ޖެހޭ ކުއްޖާ ކޮންމެ ފަހަރަކު ގެޔަށް ގޮސް އެވާހަކަ ދައްކާ ރޮއެ ނަހަދަފާނެ އެވެ. ކުއްޖާގެ އުޅުމަށާއި، އަދި ކުރިން ކުއްޖާގެ ފަރާތުން ނުފެއްނަ ކަންކަން ފާހަގަ ވާނަމަ ކުއްޖާ ކައިރީގައި އަހާ އޮޅުންފިލުވުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ހަމަ އެގޮތައް ތިމާގެ ދަރިފުޅުގެ ފަރާތުން އެހެން ކުއްޖަކަށް މަލާމާތާ ފުރައްސާރަ ކުރުން ރައްދުވާނަމަ އެކަން ހުއްޓުވުމަކީ ވެސް ހަމަ ތިފަރާތުގެ ޒިންމާއެކެވެ. 

އަހަރެއް ނިމިގެން ދާ އިރުގައި ބުލީ ކުރުމުގެ ކިތައް މައްސަލަ ރިޕޯޓް ކުރެވިފައި ވާނެބާވަ އެވެ؟ މިގޮތައް ރިޕޯޓް ކުރެވޭ ކިތައް މައްސަލަ ބަލާ އެކަން ހުއްޓުވުމަށް އަޑު އުފުލާފައި ވަނީ ކިހާވަރަކަށް ވޭބާވަ އެވެ؟ ސްކޫލުގެ މާހައުލަށް ބެލިކަމުގައި ވީނަމަވެސް އެސްކޫލެއްގެ އިސްވެރިން އެކަން ތަކުރާރުވިޔަ ނުދިނުމަަށް ކިހާ ވަރެއްގެ މަސައްކަތެއް ކުރޭބާވަ އެވެ؟ 

އެ މައްސަލަތަކާ މެދު ކަމާބެހޭ އިދާރާތަކުން މިކަން ކަމަށް ހޭލުންތެރި ކުރުމަށް އެންމެ ފުރިހަމަގޮތުގައި ޒިންމާ އަދާކުރަމުންދޭތޯ މިއީ ވެސް ސުވާލެކެވެ. މީގެން ސުވާލެއް ކަމާބެހޭ އިދާރާގެ ވެރިޔަކާ ކޮށްފިނަމަ ޖަވާބު ދޭން ކެރޭނީ ކިތައް ވެރިންނަށް ބާ އެވެ. ވިސްނާށެވެ. ކޮންމެ މަޔަކު ވެސް މި ދުނިޔެއަށް ދަރިޔަކު އުފަން ކުރަނީ ވަރަށް ވެސް ފޮނި އުންމީދުތަކާ އެކުގަ އެވެ. 

ދަރިފުޅު ބޮޑުވެގެން ވާނީ ކޮން ކަހަލަ މީހަކައްތޯ ކުރާނީ ކީއްތޯ މީވެސް މަންމައެއްގެ ހިތުގައި ރޭވިފައިވާނެ ކަންކަަމެވެ. ދަރިފުޅު ސްކޫލްގެ މަރުހަލާ ފަށާ ހިސާބުން މަންމަގެ ހިތުގައި ރޭވިފައިވާ ކަންކަމުގައި ކުލަޖެހެން ފަށާނެ އެވެ، އެހެން ނަމަވެސް ބުލީގެ ވަބާ އެކުއްޖަކާ ބައްދަލުކޮށްފި ނަމަ ދެން ކަންތައްވާނެ ގޮތް ވިސްނާލާށެވެ. ކިތަންމެ ކިޔަވާ ހިތުން ކިޔަވަން ދާ ކުއްޖާ ވެސް ކިޔެވުމާ ދުރުވާނެ އެވެ. އެއްކަލަ މަންމަގެ އުންމީދުތައް ފުނޑު ފުނޑު ވެގެންދާނެވެ.

ހޭލާށެވެ. މި ކަމަކީ އެންމެން އެކަތިގަނޑަކަށްވެ ނުކުމެ އަޑު އުފުލަން ޖެހޭ ކަމެކެވެ. ދަރިންގެ މުސްތަގްބަލް ހަލާކުވެ ނުދަނީސް މި ވަބާއިން ސަލާމަތް ކުރަމާތޯ؟ މިކަމުގައި ފަރުދީ ޒިންމާ އަދާކޮށް ބުލީ ކުރުމުން ހޭލުންތެރި ކުރުމަށް ގައުމީ ފެންވަރުގައި ތަފާތު އެކި ޕޮރްގްރާމްތައް ނުވަތަ ހަރަކާތް ހިންގުމަކީ މިކަމަށް މީހުން ހޭލުންތެރި ކުރުމަށް ނުވަތަ ހުއްޓުވުމަށް ކޮންމެހެން ކުރަންޖެހިފައިވާ ބޮޑު މަސައްކަތެކެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް