ads
ކޮމަންޑޫއަށް ވަޑައިގެންނެވި ވަގުތު----
ކޮމަންޑޫއަށް ރައީސް ވަޑައިގެން ޖަނެރޭޓަރު ނިއްވާލިއިރުވެސް، ރައްޔިތުންނަށް ހިލަމެއް ނުވި!
ރައީސް ސޯލިހް އިއްޔެ ށ. ކޮމަންޑޫއަށް ވަޑައިގެންނެވީ ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗުކުރެއްވުމަށެވެ. ރައީސް އެ ރަށަށް ވަޑައިގެންނެވިގޮތަށް ފުރަތަމަވެސް ނިއްވާލެއްވީ 32 އަހަރުވަންދެން އެ ރަށަށް ކަރަންޓް ފޯރުކޮށްދެމުންދިޔަ ޖަނެރޭޓަރެވެ.

އޭގެ ފަހުން ކޮމަންޑޫގައި ރޭ އެމްޑީޕީން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް އެންމެ ފުރަތަމަ ވެސް ސުވާލު ކުރެއްވީ އެރަށުގައި 32 އަހަރުވަންދެން ކަރަންޓު ފޯރުކޮށްދެމުންދިޔަ ޖަނެރޭޓަރު ހަވީރު 05:43 ގައި ނިއްވާލާ، އިންޖީނުގެ ބަންދު ކުރިއިރު ރަށުގެ އެއްވެސް ރައްޔިތަކަށް އެކަމުގެ އިހުސާސްވި ތޯ އެވެ؟

ގިނަ ދުވަސްތަކެއް ވަންދެން ހިންގަމުންދިޔަ އިންޖީނުގެ ބަންދު ކުރިން. ތީން އެއްވެސް ބޭފުޅަކަށް އޭގެން އިހްސާސެއް ވިތޯ؟ ހަމަ ހީވެސް ނުވޭ ދެއްތޯ ކަމެއް ވީހެން ވެސް. އެއްވެސް ރައްޔިތަކު ކަރަންޓު ކެނޑިގެން، ކަރަންޓު ނުލިބިގެން ތީން ބޭފުޅަކު އުޅުއްވި ތޯ؟ ކައުންސިލުގެ ރައީސް ތި އިންނެވީ ދައުލަތުގެ ވަޒީރުން ތިތިއްބެވީ ހަމަ އެއްވެސް ރައްޔިތެއްގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތް،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެކަމުގެ އިހްސާސްތަކެއް ވީ ބަޔަކު އެބަތިއްބެވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ އިހްސާސްތައް ކުރެވުނީ ޒަމާނުންސުރެ ގެދަބުޅީގެ އިންޖީނުގެތަކުން އިވޭ ގަދަ އަޑުން ރޭގަނޑުގެ ނިދިން އިއްޔެ އާއި ޖެހެންދެން މަހްރޫމްވެފައި ތިބި މީހުންނަށް ކަމަށެވެ. 

ކޮމަންޑޫގެ ފަސް ގެއެއްގައި ދިރިއުޅޭ ރައްޔިތުންނަށް އިއްޔެ އަކީ މުޅިން އެހެން ދުވަހެއް ކަމަށާއި، ޒަމާނުންސުރެ އެ އަޑުތަކުގެ ތެރޭގައި ނިދި ނުލިބި އެތައް ދުވަހެއް ހޭދަކުރުމަށް ފަހު، ރެ އަކީ ހަމަޖެހިލައިގެން އެގޭގޭގެ މީހުންނަަށް ނިދާލެވެނޭ ރެ އެއް ކަމަށް ރައީސް ވިދާޅުވިއެވެ. 

ހަމަޖެހޭ ޖައްވަކަށް އެމީހުންނަށް ނޭވާ ލެވޭނެ ދުވަސް. ހަގީގަތުގައި މިވީ ކިހިނެތްތޯ؟ ހަގީގަތުގައި މިވީ ގޮތަކީ މީގެ 32 އަހަރު ކުރިން މި ރަށުގައި ގެދަނބުޅި އަރުވަމުންދިޔަ އިންޖީނުގެ ބަދަލުގައި ފެނަކައިން އާ އިންޖީނުގެއެއް އަޅާ މި ރަށުގައި ބަހައްޓާ ކަރަންޓު ދޭން ފެށީ. 3490 މީޓަރުގެ ކޭބަލު އަޅާ 1.2 މެގަ ވޯޓުގެ ކަރަންޓު މިއަދު މިރަށް ފެނަކައިން ދޫކުރަން ފަށައިފި." ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މީގެ  ދެ ދުވަސް ކުރިން ނ. އަތޮޅު މަގޫދޫގައި ވެސް އާ އިންޖީނުގެއެއް ހުޅުވާފައިވާ ކަމަށާއި، އޭގެ އެތައް މަސައްކަތެއް ރާއްޖޭގެ އެކި ސަރަހައްދުގައި ފެނަކައިން މިހާރު ވެސް ކުރަމުންދާ ކަމަށެވެ.

ސަރުކާރާއި ހަވާލުވިއިރު ރާއްޖެއަށް ދެމުންދިޔައީ 70 މެގަވޯޓުގެ ކަރަންޓުކަން ފާހަގަ ކުރަމުން ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރަށް ތިން އަހަރުވީއިރު އެއަދަދު ދެގުނަކޮށް މިހާރު 140 މެގަވޯޓުގެ ކަރަންޓު ދޭން ފަށާފައިވާ ކަމަަށެވެ. އެކަމަށްޓަކައި 133 ރަށަކަށް 213 އާ ޖަނަރޭޓަރު ފޯރުކޮށްދީފައިވާއިރު، ކޮމަންޑޫ ފަދައިން 30 ރަށެއްގައި އާ އިންޖީނުގެ އިމާރާތްކޮށް ނިންމާ، އިތުރު 31 ރަށެއްގައި އެމަސަކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. 

އެ މަޝްރޫއު އެއްކޮށް ނިމުމުން ރާއްޖޭގައި އޮތް ކަރަންޓުގެ ދަތިކަން މުޅިން ފިލައިގެންދާނެކަމުގެ އުފާވެރި އުންމީދު ވެސް ރައީސް ވަނީ ދެއްވާފައެވެ.  

76%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް