އަދި މި މަޝްރޫއުގެ ދަށުން ސަބްބޭސް މަސައްކަތްތައް 4 ޖެނުއަރީ 2022 ވަނަ ދުވަހު ވަނީ ފަށާފައެވެ.
މި މަޝްރޫއުގެ ދަށުން، 17790 އަކަ މީޓަރުގެ ދިގުމިނުގެ 9 މަގެއްގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީން މައުލޫމާތުދެއެވެ. އަދި 6923 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، 17790 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއު
ހައުސިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.