ޓައިގާ ޝްރޮފް އާއި ޝްރައްދާ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު ޓައިގާ ވަނީ ދާދި ފަހުން އިންސްޓަގުރާމު މެދުވެރިކޮށް ވީޑިއޯ އެއް ހިއްސާކޮށްފަ އެވެ.
މި ވީޑިއޯ އިން ބާޣީގެ ފުރަތަމަ ބައިގެ މަންޒަރަކާއި ދެވަނަ ބައިގެ މަންޒަރެއް ވަނީ ދައްކާފަ އެވެ. އަދި ތިން ވަނަ ބައި ވަރަށް އަވަހަށް އަންނަން އުޅޭ ކަމަށް ޓައިގާ ވަނ ބުނެފަ އެވެ.
މިއީ ފިލްމު ޓްރެއިލާ ވަރަށް އަވަހަށް ދައްކަން އުޅޭކަމުގެ އިޝާރާތެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
ފިލްމު ނެރުމަށް ނިންމާފައިވަނީ މިއަހަރު މާޗް މަހުގެ ހަވަނަ ދުވަހު އެވެ.
ބާޣީގެ ފުރަތަމަ ބައި ނެރުނީ 2016 ވަނަ އަހަރެވެ. ފުރަތަމަ ބައިން ލީޑު ރޯލުން ފެނިގެން ދިޔައީ ޓައިގާ އާއި ޝްރައްދާ އެވެ. ފިލްމުގެ ފުރަތަމަ ބަޔަަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
ފިލްމުގެ ދެވަނަ ބައި 2018 ވަނަ އަހަރުގެ ކުރީކޮޅު ނެރެފައިވާއިރު އެފިލްމަށް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ.
އެފިލްމުގެ ލީޑުން ޓައިގާއާ އެކު ފެނިފައިވަނީ އޭނާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީ އެވެ. ފިލްމުގެ ތިންވަނަ ބައިން ވެސް ދިޝާ ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.