ads
ލަވައިގެ މަންޒަރެއްގައި ޝަލަބީ އަދި ޝިފާ…
ޝަލަބީގެ "ފަތްމިނި" ގިނަ ބައެއްގެ ހިތްތަކާއި ކުޅެފި
މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ވިދާލި ހުނަރުވެރި ލަވަ ކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ އަޑުން ކިޔާ އެންމެ ފަހުން އާންމު ކުރި "ފަތްމިނި" ލަވަ ގިނަ ބަޔަކަށް ކަމުގޮސްފިއެވެ.
Advertisement

ގިނަ ދިވެހި ފިލްމުތަކުން ފެނިގެންދިޔަ ހުސައިން މުނައްވަރުގެ ކިޑް ޕްރޮޑަކްޝަންގެ ކުޑައިގެ ދަށުން ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްކޮށްފައިވާ މި ލަވައިން ޝަލަބީ އާއެކު ފެނިގެންދަނީ އޭނާގެ އަންހެނުން ޝިފާ އެވެ. 

ލަވަ ރިލީޒްކުރުމުގެ ކުރިން ފަތްމިންޏަކީ ކޮބައިކަން އޮތީ ސިއްރެއްގެ ގޮތުގައެވެ. ނަމަވެސް "ފަތްމިނި" އެނގި މިހާތަނަށް ގިނަ ބަޔަކު އެ ލަވަ ބަލާފައިވާއިރު ޔޫޓިއުބްގައި އެކަނި ވެސް 28 ހާހާއި ގާތްކުރާ އަދަދަކަށް ވިއުސް ހުރިކަން ފާހަގަކޮށްލެވެއެވެ. 

"ފަތްމިނި" އާންމުކުރިތާ ތިން ދުވަސްވަރު ވީއިރު އެ ލަވައިގެން މަންޒަރުތައް ޓިކްޓޮކްގައި ވެސް ވަނީ ދައުރުވާން ފަށާފައެވެ. އަދި ބައެއް ހުނަވެރިން އަންނަނީ އެ ލަވައަށް ޓިކްޓޮކް ކުޅެމުންނެވެ. މިކަމުން ވެސް ލަވަ ބެލުންތެރިންގެ ހިތްތަކާއި ކުޅެލައިފިކަން އެބަ އެނގެއެވެ.

ޝަލަބީގެ އެ ހިތްގައިމު ލަވައިން ރާއްޖޭގެ ހިތްގައިމުކަން ވެސް ދައްކުވައިދޭއިރު މިއީ ޝަލަބީގެ އަމިއްލަ ރާގެކެވެ. މި ލަވައިގެ ލިރިކްސް އަދި ވާހަކަ ތައްޔާރުކުރީ އޭޑަބަލިޔޫ އެވެ. މިއުޒިކް ކޮމްޕޯޒްކުރީ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) އެވެ. ރެކޯޑިން، މިކްސިން އަދި މާސްޓަރިން ހެދީ ޓޮނިކް ލައިވް ސްޓޫޑިއޯގައި ކަން ފާހަގަކޮށްލެވެއެވެ.

ހުސައިން މުނައްވަރު ވީޑިއޯގެ މަސައްކަތް ކޮށްފައިވާ "ފަތްމިނި" ގެ ކުރިން ޝަލަބީ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ރީތި ކަވާ އެއް ވެސް ދޫކޮށްލާފައެވެ. ފޭނުންގެ އެދުމުގެ މަތިން އެފަހަރު ކިޔާލީ "އޯ ނަދާ" އެވެ. އެ ލަަވަ ވެސް ދިވެހިންގެ ތެރޭގައި ވީ ހިޓަކަށެވެ.

43%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް