ads
ޖާބިރު އަދި ދިޔާނާ އެކުގައި…
ރުޖޫއަ ނުކުރިޔަސް ޖާބިރުގެ ގޭގައި މިއުޅެނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް: ދިޔާނާ
ވަރިކޮށްފައި ހުންނެވި ނަމަވެސް ކުރީގެ ބަންޑާރަ ނައިބު ފާތިމަދު ދިޔާނާ ސައީދު މެންބަރު އަބްދުالله ޖާބިރުގެ ގެ ކޮޅުގައި ދިރިއުޅުއްވަނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ.
Advertisement

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ޖާބިރު ދެއްކެވި ވާހަކަފުޅުތަކަކަަށް ގިނަ ނޫސްތަކުގައި ހަބަރު ހަދާފައިވާ ގޮތުން ހިތްހަމަ ޖެހިވަޑައިނުގެން ހުންނަވާ ދިޔާނާ "ސީއެންއެމް" އަށް ވިދާޅުވީ، ޖާބިރު އަލަަށް ވެސް އެކަމަނާ ވަރިކުރެއްވީ އެންމެ ފަހަރަކު ކަމަށެވެ. 

އެއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށާއި އެފަހަރު ރުޖޫއަ ނުކުރާ ކަމަށް ދިޔާނާ ވިދާޅުވިއެވެ. އަނެއްކާވެސް ޖާބިރު ސިންގަލް ވެއްޖެ ކަމަށް ބުނެ ހަބަރުތައް ފެތުރެން ފެށުމާއެކު ދިޔާނާ ވަނީ ޓްވިޓާ މެދުވެެރިކޮށް ފުރަތަމަ ފަހަރު ވަރިވި ގޮތަށް އަދި ރުޖޫއަ ނުކުރައްވާ ކަމަށާއި ދުވަހަކުވެސް ކައިވެނި ރުޖޫއަ ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ދިޔާނާ ވިދާޅުވީ، ޖާބިރުގެ ގެކޮޅުގައި އެކަމަނާ ދިރިއުޅުއްވާތީ ބަޔަކު ފާޑު ކީ ނަމަވެސް އެކަމަނާ އަދި ޖާބިރު އުޅުއްވަނީ އިސްލާމީ ޝަރީއަތާ ގާނޫނުގައި އޮންނަ ގޮތުގެ މަތިން ވަކިން ކަމަށެވެ.

ޖާބިރުގެ ހަ ދަރިންގެ ތެރެއިން ހަމަ އެކަނި 18 އަހަރު ނުފުރު ތިބެނީ ދިޔާނާ އަށް ލިބިވަޑައިގެންފައިވާ ދެ ކުދިން ކަމަށާއި އެ ކުދިން ތާ އަބަދުމެ ބަލަނީ ދިޔާނާ ކަމަށް ވިދާޅުވިއެވެ.

އެކަމަނާ ޓްވިޓާގައި މީހަކަށް ރައްދު ދެއްވަމުން ވިދާޅުވެފައި ވަނީ "ހާޖަރާގެ ތުއްޕުޅު ބޭފުޅުންނާއި އެ ބޭފުޅުންގެ މަންމައަށް ތައުފީގުގެ ގޭގައި ތިބެވުނު ގޮތަށް އަބްދުالله ޖާބިރާއި އަޅުގަނޑާ ވަކިވިޔަސް ޖާބިރުގެ 18 އަހަރު ނުފުރޭ ދެ ކުދިންނަށް ޖާބިރުގެ ގޭގައި ނުތިބެވެންވީ ކީއްވެ" މިފަދައިންނެވެ.

ޖާބިރު އާއި ދިޔާނާގެ އާއިލާ ބޭފުޅަކު ނަން ނުޖެހުމަށް އެދި ސީއެންއެމް އަށް ވިދާޅުވީ، ޖާބިރުގެ ގެ ކޮޅުގައި ދަރިންނާއެކު ދިޔާނާ އުޅުނު ނަމަވެސް އުޅެންވާ ގޮތް އެ ދެބޭފުޅުންނަށް އެނގިވަޑައިގަންނާވާ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، އެކަމަނާއި އެގޭގައި އުޅުއްވާތީ ޖާބިރު އެކަމާއި އެއްޗެއް ނުބުނުއްވާ ހިނދު އާންމުން މިހާ ކަންތައް ބޮޑުވާންވީ ސަބަބެއް ހަމަ ނުވިސްނޭ ކަމަށެވެ.

25%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް