ads
ޕުޓިން--
ދަތިކުރުމުގެ ފިޔަވަޅު އަޅައިފިނަމަ އެމެރިކާ އާއި އޮތް ގުޅުންތައް ކަނޑާނަން: ރަޝިޔާ
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިނަމަ އެމެރިކާ އާ އެކު އޮތް ހުރިހާ ގުޅުމެއް ކަނޑާލާނެކަމުގެ އިންޒާރު އެގައުމުން ދީފި އެވެ.

ބުރާސްފަތި ދުވަހު ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ނެރުނު ބަޔާނެއްގައި ވަނީ ޔޫކްރެއިން މައްސަލައިގައި ރައީސް ޕުޓިން އަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

“އަނެއްކާވެސް ބުނެލާނަން. ރަޝިޔާގެ އެންމެ އިސްވެރިއަކަށް ހުންނަ މީހާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ އެއްގޮތަަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އެއީ ހުރިހާ ގުޅުމެއް ކަނޑާލަން ޖެހޭނެ ވަރުގެ ކަމެއް.” ކްރެމްލިންގެ ތަރުޖަމާނު ޑިމްޓްރީ ޕެސްކޮވް ވިދާޅުވި އެވެ.

ރަޝިޔާއިން މިފަދަ އިންޒާރެއް ދީފައި މިވަނީ އެގައުމުން ޔޫކްރެއިން އަށް އަރައިފި ނަމަ އަޅާނެ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ބިލް އެމެރިކާގެ ސެނެޓުން އާންމުކޮށްފައިވާ ދަނޑިވަޅެއްގައެވެ. 

ބިލް ތައްޔާރުކުރުމުގައި އިސްކޮށް ހުންނެވި ފޮރިން ރިލޭޝަަންސް ކޮމިޓީގެ ޗެއާމަން ބޮބް މެނެންޑެޒް ވިދާޅުވީ، ޔޫކްރެއިން އަށް އަރައިގެންފި ނަމަ އެމެރިކާގެ ސެނެޓުން މަޑުން ނޯންނާނެކަން އެ ބިލުން ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށެވެ. 

ރައީސް ޕުޓިން އާއި ރަޝިޔާގެ އިސް އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ގޮތަށް އޮތް ބިލަށް އެމެރިިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން ވެސް ތާއީދުކުރެއެވެ.

83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް