ގާފަރުގައި މިވަގުތު ގާއިމްކޮށްފައިވާ ފެނުގެ ސިސްޓަަމަކީ ގެތަކަށް ނެޓްވޯކް/ހޮޅި ގުޅާފައިވާ ސިސްޓަމަކަށް ނުވުމުުން އާންމު ބޭނުން ތަކަށް ފެން ދޫކުރުމަށް ހަމަޖެހިފައި ވަނީ ފެން ޕްލާންޓުގެ ބޭރުގައި ހަރުކޮށްފައިވާ ފެން އިސްކުރުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަދި ކޮންމެ ރައްޔިތަކަށް ވެސް މި އުސޫލުގެ ދަށުން ދޫކުރެވޭނީ ދުވާލަކު ގިނަވެގެން 20 ލީޓަރުގެ ފެން ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
އެގޮތުން ފެން ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ ކޮންމެ ދުވަހަކުވެސް 16:00 އިން 18:00 ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.