ads
ކަޕިލްގެ އާއިލާ
ކަޕިލްގެ ބައޯޕިކް އެއް ހަދަނީ
އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާގެ ބައޯޕިކެއް ހަދަން ނިންމައިފި އެވެ.

މި ބައޯޕިކް އަށް ކިޔަނީ “ފަންކާރް” އެވެ. މި ބައޯޕިކް ޑައިރެކްޓްކުރަނީ މަޝްހޫރު ޑައިރެކްޓަަރު މަރިގްދީބް ސިންގް ލަމްބާ އެވެ. 

އޭނާ ބުނީ ދުނިޔޭގެ އެތައް މިލިއަން ބަޔަކު ކޮންމެ ދުވަހަކު ހެއްވާލަ ދޭ މަޝްހޫރް ކޮމީޑިއަން “ކަޕިލް ޝަރްމާ ޝޯ” ފަދަ ޝޯއެއްގެ ހޯސްޓެއްގެ ދިރިއުޅުމުގައި ނުދައްކާ އެތައް ވާހަކައެއް އޭނާގެ ޑައިރެކްޝަންގެ ޒަރިއްޔާއިން ގެނެސްދޭން ފުރުސަތު ލިބުމަކީ އޭނާ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ

ކަޕިލްގެ ބައޯގައި ކަޕިލްގެ ބައި ކުޅޭނީ ކަޕިލް ކަމެއް ނުވަތަ އެހެން އެކްޓަރެެއް ކަމެއް އަދި ޔަގީނެއް ނޫނެވެ.

މަޝްހޫރު ކޮމެޑީ ޝޯ، "ދަ ކަޕިލް ޝަރްމާ ޝޯ" އަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ ގިނަ ހިސާބުތަކުގެ މީހުންގެ މަގްބޫލްކަން ލިބިފައިވާ އިންޑިއާ ޗެނަލަކުން ގެނެސްދޭ އެންމެ ކާމިޔާބު ޝޯތަކުގެ ތެރެއިން ޝޯ އެކެވެ.

މި ޝޯ ގިނަ ދުވަސް ވަންދެން ހުއްޓިފައި އޮތުމަށް ފަހު އަނެއްކާވެސް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލަައި މަހުގެ ތެރޭގައެވެ. އޭރު ޝޯ ހުއްޓާލީ ކަޕިލްގެ އަންހެނުން ދެވަނަ ދަރިފުޅަށް ބަނޑުބޮޑުވުމުން ކަމަށް ވެއެވެ. 

ކަޕިލް އާއި އޭނާގެ އަންހެނުން ގިންނީ ކައިވެނި ކުރީ 2018 ވަނަ އަހަރުގެ ތެރޭގަ އެވެ. 

"ކޮމެޑީ ކިންގް" ގެ ނަމުން މަޝްހޫރު ކަޕިލްއަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ކޮމޭޑިއަން އެވެ. ކަޕިލް ވަނީ ތަފާތު ނަން ނަމުގައި ކޮމެޑީ ޝޯތައް ކުރިއަށް ގެންގޮސްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް