ads
ސިއްހީ މަރުކަޒު ބަންދުކޮށް އެތާ ކުރިމަތީގައި މުޒާހަރާ ކުރަނީ
ޑޮކްޓަރަކު ނެތުމުން ކުޑަރިކިލު ސިއްހީ މަރުކަޒުގައި ތަޅު އަޅުވައިފި
ރަށު ތެރޭ ބަލިމަޑުކަން ފެތުރެމުން ދާއިރު ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނެތުމުން ރަށު ރައްޔިތުން ނިކުމެ ބ. ކުޑަރިކިލު ސިއްހީ މަރުކަޒު ބަންދުކޮށް މުޒާހަރާ ކުރަން ފަށައިފިއެވެ.
Advertisement

ކުޑަރިކިލު ރައްޔިތުން މުޒާހަރާ ކުރަމުންދަނީ، އެރަށުގައި މިދުވަސްވަރު، ބޭރަށް ހިންގުމާއި ހޮޑުލުމުގެ އިތުރުން ކޮވިޑް ބަލިމަޑުކަން އޮތް އިރުވެސް ސިއްހީ މަރުކަޒުގައި ބަލި މީހުން ބަލާނެ ޑޮކްޓަރެއް ނެތުމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން މިހާރުވެސް ދެ މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ކުޑަރިކިލު ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަމުންދިޔަ ޑޮކްޓަރު  މިމަހުގެ 10 ވަނަ ދުވަހު ޗުއްޓީއަށް ދިޔަ ފަހުން އެރަށުގައި ޑޮކްޓަރަކު ނެތެވެ. 

މިކަމާއި ގުޅިގެން ކުޑަރިކިލު ކައުންސިލް ރައީސް އަބްދުލް ހަންނާން އައްބާސް ވިދާޅުވީ ރައްޔިތުން ނިކުމެ މިއަދު އިހުތިޖާޖު ކުރަމުން ދަނީ ޑޮކްޓަރެއް ނެތި ބަލި މީހުންނަށް ފަރުވާ ދެވޭނެ ގޮތް ނެތުމުން ކަމަށެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ، ޑޮކްޓަރަށް އޮންލައިންކޮށް ދައްކަން ދިޔައަސް ބަލި މީހާ އެތައް އިރެއް ވަންދެން ހޮސްޕިޓަލުގައި އިންނަން ޖެހޭ ކަމަށާއި، ބަލި މީހުން އެގޮތަށް ގޮސް ތިބުމަކީ އެފަރާތްތަކަށް އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީއާއި ވާހަކަ ދައްކާފައި ވާކަމަށާއި، މިއަދު މެންދުރު ފަހު 3:00 ގައި ބޭރުން ޑޮކްޓަރެއް ރާއްޖެ އަންނާނެ ކަމަށް ބުނި ކަމަށް ހަންނާނު ވިދާޅުވިއެވެ. 

މާދަމާގެ ވަގުތެއްގައި އެ ޑޮކްޓަރު ރަށަށް އަންނާނެ ކަމަށް ބެލެވޭ ކަމަށްވެސް ހަންނާނު ވަނީ ވިދާޅުވެފައެވެ. އަދި ރަށުގައި ބަލި މަޑުކަމެއް އޮތް ނަމަވެސް ޖުމްލަކޮށް ރަށުގެ ހާލަތު ރަނގަޅު ކަމަށްވެސް ހަންނާން ވިދާޅުވިއެވެ. 

މިކަމާއި ގުޅިގެން އެރަށުގެ ބައެއް ރައްޔިތުން ބުނީ، ޑޮކްޓަރަކު އަންނާނެ ކަމަށް ބުނިނަމަވެސް މުޒާހަރާ ކުރުން ހުއްޓާ ނުލާނެ ކަމަށާއި، މުޒާހަރާ ހުއްޓާލާނީ ރަށު ފަސްގަނޑަށް ޑޮކްޓަރު އައުމުން ކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް