މާލީގެ ކުރީގެ ރައީސް ބޫބަކާރު އަވަހާރަ ވެއްޖެ
މުހައްމަދު ރީހާން
17 ޖެނުއަރީ 2022 - 14:04:14
މާލީގެ ކުރީގެ ރައީސް އިބްރާހީމް ބޫބަކާރު ކެއިޓާ އަވަހާރަ ވެއްޖެއެވެ.
ބޫބަކާރު އަވަހާރަވިކަން އެމަނިކުފާނުގެ އާއިލާއިން ކަށަވަރުކޮށްދިން ނަމަވެސް އަވަހާރަވި ސަބަބު އަދި މިހާތަނަށް ހާމަކޮށްފައި ނުވެއެވެ. މީގެ ދެ އަހަރު ކުރިން އެމަނިކުފާނަށް ސްޓްރޯކެއް ޖެހި އޭގެ ފަހުން ގެންދެވީ ފަރުވާ ހޯއްދަވަމުންނެވެ.
އެމަނިކުފާނު އަވަހާރަވީ އުމުރުފުޅުން 76 އަހަރު ގައެވެ. އަވަހާރަވީ އާދީއްތަ ދުވަހުގެރޭގެ ވަގުތެއްގައި ކަމަށްވެސް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.
2013 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް އެގައުމުގައި ވެރިކަން ކުރެއްވި ބޫބަކާރު މަގާމުން އިސްތިއުފާ ދެއްވީ، އެގައުމުގެ ސަރުކާރާއި ދެކޮޅަށް ސިފައިން ތެދުވުމުންނެވެ.
ބޫބަކާރު ވަނީ 1994 ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރާ ހަމައަށް މާލީގެ ސިޔާސީ އެކި މަގާމުތައް ފުރުއްވާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް