ads
އައްޑު ސިޓީ ކޮވިޑް ފެސިލިޓީ ފޮޓޯ: ސޯޝަލް މީޑިއާ
ކޮވިޑް-19: ކޭސްތަކުގެ އަދަދު 1400 އިން މައްޗަށް
ކޮވިޑް-19 އަށް ރާއްޖެ އިން އިތުރު 1،420 މީހުން ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ރާއްޖެއިން 6،456 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.  

އޭގެތެރޭން މާލެ ސަރަހައްދުން ބައްޔަށް 826 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަތޮޅު ތެރޭގެ ރަށްތަކުން 346 މީހެއް ޕޮޒިޓިވް ވެފައިވާ އިރު، ރިޒޯޓް ތަކުން ބައްޔަށް 84 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. 

މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 6،993 ގައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދަކީ 32 ގައެވެ.

ކޮވިޑް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 105,001 ގައި އުޅޭއިރު ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 97،730 އެވެ. 

ރާއްޖެއިން މިހާތަނަށް 265 މީހުން ކޮވިޑް ބަލީގަވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް