ads
ބ. ކުޑަރިކިލު
ފެނިގެންދިޔައީ އަތޮޅު ހޮސްޕިޓަލުގެ ޒިންމާދާރުކަން ކުޑަކަން: ކުޑަރިކިލު
ބ. ކުޑަރިކިލަށް ޑޮކްޓަރަކު ހޯދަން އުޅުމުގެ މަސައްކަތުގައި ފެނިގެންދިޔައީ ބ. އަތޮޅު ހޮސްޕިޓަލުގެ ޒިންމާދާރުކަން ކުޑަކަން ކަމަށް ކުޑަރިކިލު ކައުންސިލުން ބުނެފި އެވެ.
Advertisement

ކައުންސިލް ރައީސް އަބުދުލް ހަންނާނު އައްބާސް ވިދާޅުވީ އެ ރަށުގައި ޑޮކްޓަރު ފުރައިގެންދިޔަ އިރު އެރަށުގައި ރޯގާ އާއި އެހެނިހެން ބަލިތައް ފެތުރެމުން ގޮސް ޑޮކްޓަރެއްގެ ހިދުމަތް ނުލިބި ގިނަ ދުވަސްތައް ވެގެން ދިއުމުގެ ޒިންމާ އަތޮޅު ހޮސްޕީޓަލުން ނަގަންޖެހޭނެކަމަށެވެ.

"ޑޮކްޓަރަކު ބޭނުންވެގެން އެތައް ފަހަރަކު އަތޮޅު ހޮސްޕިޓަލްގައި އެދިފައި ވާއިރު ޑޮކްޓަރަކު ނުލިބި ދިގުލައިގެން ދިޔައީ އަތޮޅު ހޮސްޕިޓަލްގެ ފަރުވާ ކުޑަ ކަމުން'" އޭނާ ވިދާޅުވި އެވެ.

މިހާރު ވެސް ބ. އަތޮޅުގެ ގިނަ ރައްޔިތުން ޑޮކްޓަރަށް ދައްކަން ދަނީ އުނގޫފާރަށް ކަމަށާއި، އެއީވެސް އަތޮޅު ހޮސްޕިޓަލުގެ ފަރުވާކުޑަކަމުން ކަމަށާއި، އެ ގޮތުން އުނގޫފާރު ހޮސްޕިޓަލަށް ކުރާ ކޮންމެ ދަތުރަކަށް، 3000 ރުފިއާ ނުވަތަ 4000 ރުފިޔާ ޖީބުން ހަރަދު ވެގެންދާ ކަމަށް އައްބަސް ވިދާޅުވިއެވެ.

ބ. އަތޮޅު ހޮސްޕިޓަލަކީ ރާއްޖޭގައި އެންމެ ފުރަތަމަ އިމާރާތް ކުރި ހޮސްޕިޓަލްތަކުގެ ރޭގައި ހިމެނޭ ހޮސްޕިޓަލް ތަކުގެ ތެރެއިން ހޮސްޕިޓަލެއް ކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ އަދިވެސް ރަނގަޅު ފަރުވާ އެއް އެ ހޮސްޕިޓަލުން ނުދެވޭ ކަމަށާއި އެ ހޮސްޕިޓްލުގައި ވެސް ގިނަ ޑޮކްޓަރުން ހަމަވެފައި ނުވާ ކަމަށެވެ. އެއީ އެ ހޮސްޕިޓަލުގެ މެނޭޖްމެންޓްގެ ފަރުވާ ކުޑަ ކަން ކަން އޭނާ ފާހަގަ ކުރެއްވިއެވެ. 

"ވީމާ މިދައްނަވަނީ ޒިންމާދާރުކަން ކުޑަ ކަމަށް. ޑޮކްޓަރެއް ނެތި ފާއިތުވެގެން ދިޔަ ދުވަސް ތަކުގައި ހޮސްޕިޓަލް ޒިންމާ ވާން ޖެހޭނެ'" އައްބާސް ވިދާޅު ވިއެވެ.

ކުޑަރިކިލުގައި ރޯގާ އާއި އެހެނިހެން ބަލިތައް ފެތުރެމުން ދާއިރު، ފަރުވާދޭނެ ޑޮކްޓަރެއް ނެތި ދުވަސް ތަކެއް ދިގުލައިގެން ދިއުމުން އެ ރަށުގެ ގިނަ ބަޔަކު ނުކުމެ ވަނީ މުޒާހަރާ ކޮށްފަ އެވެ. 

ކައުންސިލުގެ ރައީސް ވިދާޅުވީ ދުވާލެއްގެ މައްޗަށް އެ ރަށުން 15 ވަރަކަށް މީހުންގެ ގައިން ރޯގާގެ އަލާމާތްތައް ފެނި ސިއްހީ މަރުކަޒަށް ޑޮކްޓަރަށް ދައްކަން ޖެހޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް