ދިރިއުޅޭ ގޭގެ ލިފްޓް ކައިރީ ޔާމީން ރަޝީދަށް ގިނަ ހަމަލާތަކެއް ދިނުމަށްފަހު މަރާލި މައްސަލާގައި ޖުމްލަ ހަ މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ކުރެ އެވެ.
ދައުވާ އުފުލާފައިވާ މީހުން:
މިއަދު ކްރިމިނަލް ކޯޓުގައި ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމުގައި، ޔާމީން ރަޝީދުގެ ހަށިގަނޑުގެ 34 ތަނަކަށް ވަޅިން ހަމަލާދީ އޭނާ މަރާލިކަމުގެ ކުށް ސާބިތުވިކަމަށް ހުކުމް ކުރީ، މީގެ ތެރެއިން ހައިޝަމް އާއި ޒިހާންގެ މައްޗަށެވެ. ދެންތިބި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.
ކުށް ސާބިތުވި ހައިޝަމް އާއި ޒިހާން----
ހައިޝަމް އާއި ޒިހާން އަކީ ޔާމީން ދިރިއުޅެމުން ދިޔަ ގޭގެ ތެރެއަށް ޔާމީން މަރާލުމަށް ވަޅި ހިފައިގެން ވަދެ ތިބި ދެމީހުން ކަމަށް ދައުލަތުން ތުހުމަތުކުރި ދެ މީހުންނެވެ. މި ދެ މީހުންގެ މައްޗަށް ކަނޑައެޅޭ އަދަބެއް އެގޭނީ އަދަބު ކަނޑައެޅުމަށް ބާއްވާ މަޖިލީހުގައެވެ. މި މަޖިލިސް އިރުކޮޅެއްގެ ތެރޭގައި ފަށާނެއެވެ.
2017 ވަނަ އަހަރުގެ އޭޕްރީލް މަހު 23 ވަނަ ދުވަހުގެ ރޭ ދަންވަރު 2:59 ހާއިރު ޔާމީން ރަޝީދު މަރާލީ އޭނާ ގޭގެ ސިޑި ގޮޅީގައެވެ. ބަޔަކު ވަރަށް ރާވައިގެން ޔާމީނަށް ވަރަށް އަނިޔާވެރިކޮށް ހަމަލާ ދިނީ، އޭނާ ވަޒީފާ ނިންމާލާ، އެނބުރިގެއަށް އައި ވަގުތުގައެވެ.
ތަފްސީލް އަންނަނީ-----