ads
ހުޅުމާލޭގައި އިމާރާތްކުރާ މިސްކިތް
ހިޔާފްލެޓް ސަރަހައްދުގައި 1400 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް ބިނާކުރުމަށްޓަކައި އެޗް.ޑީ.ސީ އާއި އިސްލާމިކް މިނިސްޓްރީ އިން އިއްޔެ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ އިސްލާމިކް މިނިސްޓްރީންނެވެ. މިއީ 655،30 އަކަފޫޓުގެ ބިމެއްގައި، މިސްކިތުގެ އެތެރޭ ގައި 1400 މީހުންގެ ޖާގައިގެ އަދި ކޯޓްޔާޑްއާއި ލައިގެން 3000 މީހުންގެ ޖާގައަށްވާ ގޮތަށް ފަރުމާކުރެވިފައިވާ މިސްކިތެކެވެ. މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ދިމާވާ މައްސަލަތަކަށް ބަލާ، މި މިސްކިތް ފަރުމާކުރުމު ގައި އިސްކަން ދެވިފައިވަނީ މިސްކިތުގެ ޖާގަ ބޮޑުކޮށް މީހުންނަށް ލުއިފަސޭހަވާނެ ގޮތްތަކަށް ވިސްނާފައެވެ.

your imageހުޅުމާލޭ މިސްތިތުގެ ޑިޒައިން

އެގޮތުން، މިސްކިތުގެ ކޯޓްޔާޑް ފަރުމާކުރެވިފައިވަނީ ބޮޑު ޖަމާޢަތެއްގައި މީހުންނަށް އިށީދެވޭ ކަހަލަ ގޮތަކަށެވެ. އަދި މީގެ އިތުރުން 139 ސައިކަލު ޕާކް ކުރުމުގެ ޖާގަ ވެސް ދެވޭ ގޮތަކަށެވެ. މި މިސްކިތް ހުންނާނީ ހިޔާ ފްލެޓް ސަރަހައްދުގައެވެ. 

މި މިސްކިތް ބިނާކުރުމުން ވަރަށް ގިނަ ލުއިފަސޭހަތަކެއް އާންމު ރައްޔިތުންނަށް ލިބިގެން ދާނެއެވެ. އޭގެތެރޭ ގައި، ނަމާދުކޮށް ނިމުމުން މިސްކިތުން ފައިބަން ދިމާވާ ދަތިތަކަށް ހައްލެއް ލިބި އަދި ރަމަޟާން މަހުގައި، މިސްކިތަށް އަރާފޭބުމުގައި ތޮއްޖެހުން ކުޑަވެ ނަމާދުކުރަން ފަސޭހަ ވެގެންދާނެއެވެ. މި މިސްކިތަކީ ހުޅުމާލެގެ ބިނާތަކުގެ ތެރެއިން ތަފާތު ފަންނުވެރިކަން ފެނިގެންދާނެ މިސްކިތަކަށްވާނެއެވެ .

your imageހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދުގައި ހަދާ މިސްކިތް

މި މިސްކިތް ފަރުމާކޮށްފައިވަނީ އެޗް.ޑީ.ސީ އިންނެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ފަރާތުން ސޮއިކު ރައްވާފައިވަނީ، މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އެވެ. އަދި އެޗް.ޑީ.ސީ ގެ ފަރާތުން ސޮއިކުރެއްވީ މި ކުންފުނީގެ މެނ ޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް