ads
ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާން
ދިވެހި ރާއްޖެއަށް އެނބުރި ދިއުމުގެ ވިސްނުމެއް ނުގެންގުޅެން: ހިޝާން
ދެން އަނބުރާ ދިވެހި ރާއްޖެއަށް އައުމުގެ ވިސްނުމެއް ނުގެން ގުޅޭ ކަމަށް، ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާން ވިދާޅުވެއްޖެއެވެ.

18 އަހަރަށް ވުރެ ގިނަ ދުވަހު ރާއްޖޭގައި އިޖްތިމާއީ އެކި މަސައްކަތް ތަކެއް ކޮށްދެއްވާފައިވާ ހިޝާން މިހާރު ދިރިއުޅެމުންދަނީ، އިސްތަންބޫލް ގައެވެ. 

އޭނާ ރާއްޖެ ދޫކޮށް ދިޔައީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާގެ މައްސަލަ އާއި ގުޅިގެންނެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާގެ މައްސަލަ ފުލުހުންގެ އިދާރާއާއި، ޖެންޑާ މިނިސްޓްރީގެ އިތުރުން މަޖިލީހުންވެސް ތަހުގީގު ކުރިއެވެ. އެހެން ނަމަވެސް އެ ތިން ތަނުންވެސް ނިންމީ އޭނާގެ ފަރާތުން އެފަދަ ކަމެއް އެއްވެސް ފަރާތަކަށް ކުރިމަތި ވެފައި ނުވާ ކަމަށެވެ. 

އެމައްސަލައިގެ ފަހުން ހިޝާން އަށް މަގުމަތިން މީހުން ފުރައްސާރަކޮށް އެތައް ގެއްލުންތަކެއް ވަނީ ދީފައެވެ. އެކަމާއި ގުޅިގެން އޭނާ ވަނީ ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލުކޮށްފައެވެ. 

"ސީއެންއެމް" އަށް ދިން އިންޓަވިއު އެއްގައި ހިޝާން ވިދާޅުވީ، ރާއްޖެއަށް އެނބުރި އައުމުގެ ވިސްނުން ނުގެން ގުޅުނަސް އަބަދުވެސް ދިވެހިންނަށް ހާއްސަކޮށް ހާއްސަ އެހީ އަށް ބޭނުންވާ ދިވެހިންނަށް ހިދުމަތް ކޮށްދިނުމުގައި ދެމި ހުންނާނެ ކަމަށާއި މިހާރުވެސް އެމަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އެގޮތުން މިހާރުވެސް ދިވެހި ކުއްޖަކަށް ބޭނުންވާ ބޭސްފަރުވާ އަށް ފަންޑު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި، މާތްﷲ ގެ އިރާދަފުޅުން އެކަން ކާމިޔާބު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބަޔަކު ކޮންމެ ގޮތަކަށް ދުއް ކަމުގައި ވިޔަސް ކުރި ހެޔޮ އަމަލުތައް މާތް ﷲ ދެނެވޮޑިގެންވާނެ ކަމަށާއި، އަދި ހަމަ އެހެންމެ އެންމެން ވެސް އުއްމީދު ކުރުމަށާއި ހެޔޮދުއާ ކުރުމަށް އޭނާ ވަނީ އެދިފައެވެ.

ހިޝާން ވިދާޅުވީ، 18 އަހަރު ވަންދެން ގައުމަށް ހިދުމަތް ކުރުމުން މަލާމާތާއި ފުރައްސާރަ އާއި އަނިޔާ ބަދަލުގެ ގޮތުގައި ދީފައި ވާކަމަށާއި ނަމަވެސް އޭނާ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ކޮށްފައިވާ މަސައްކަތްތައް ފެންނަން ހުންނާނެ ކަމަށެވެ. 

ދިވެހި ރާއްޖެއަށް އެތައް ހިދުމަތެއް ކޮށްދެވުނީތީ އެކަމާއި މެދު ފަހުރުވެރި ވާކަމަށާއި، ނަމަވެސް ދެން އެނބުރި ދިވެހި ފަސްގަނޑަށް އައުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ރާއްޖެއިން ފުރައިގެން ބޭރަށް ދިރިއުޅުން ބަދަލު ކުރީ ކުށެއް ނެތް މީހެއް ކަން ސާބިތު ކޮށްދިނުމަށްފަހު ކަމަށްވެސް ހިޝާން ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އުޅުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ފާހަގަކުރަމުން އޭނާ ވިދާޅުވީ ރާއްޖޭގައި އޭނާ މަސައްކަތް ކުރަމުންދިޔަ އިރު އެކި ގޮތްގޮތުން އެހީތެރިކަން ފޯރު ކޮށްދިން ފަރާތްތަކަށް ޝުކުރު އަދާ ކުރާކަމަށާއި، ރާއްޖެ ނޫން އެހެން ގައުމަކުން ރަށްވެހިކަން ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

53%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް