
މިހާރުވެސް މި ފިލްމް ބަލަން ކެތްމަދުވެފައި ތިބި އެތައް ބައެށް އެބަތިބިއެވެ. ދިޕިކާ ޕަޑުކޯން އާއި އަނައްނިޔާ ޕާންޑޭ އާއި ސިދާންތް ޗަކްރްވޭދި، ފެނިގެންދާ މި ފިލްމަކީ މަޝްހޫރު ފިލްމް ޕްރޮޑިއުސަ ކަރަން ޖޯހަރްގެ ފިލްމެކެވެ. ލޯބި އަދި އެނޫން ވެސް ބައިތައް ފެނިގެންދާ މި ފިލުމަށް އިންތިޒާރުކުރާ މީހުންގެ އަދަދު ގިނަ ކަމަށް ވެ އެވެ.
މި ފިލްމްގެ ވާހަކަ އިތުރަށް ފެންމަތި ވެގެން މިއުޅެނީ ފިލްމްގެ އިތުރު ޕޯސްޓަރު ތަކަކާ ޓްރެއިލާތަކެއް ފެނުމާ އެކުގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. މިއީ އެ ތިން ފަންނާނުން އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. އަދި މި ފިލްމުގައި ދިޕިކާ އާއި ސިދާންތް ގެ ގައިގޯޅި މަންޒަރުތަކުން ބެލުންތެރިންގެ ތެރެއިން މަދު ބަޔަކު އެކަމާއި ނުރުހުން ފާޅު ކުރާނެކަމަށް ބެލެވުނަސް ގިނަ ބަޔަކު މި ފިލްމް ބަލާ ހިތުން ވަނީ ކެތްމަދުވެފަ ކަމަށް ވެ އވެ.
ދިޕިކާ އަދި ސިދާންތް ގެ ގައިގޯޅި މަންޒަރުތަކުގެ ސަބަބުން ބޮލީވުޑްގެ އެކި ތަރިން ވެސް ވަނީ ތަފާތު އެކި ވާހަކަތައް ދައްކާފަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.