ads
ނިއުޒީލޭންޑްގެ ބޮޑުވަޒީރު: ގައުމުގައިވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ފޮޓޯ ބީބީސީ
ކޮވިޑާ ގުޅިގެން ނިއުޒިލޭންޑް ބޮޑުވަޒީރުގެ ކައިވެނި ކެންސަލްކޮށްފި
އޮމިކްރޯންގެ ހާލަތު ނިއު ޒިލޭންޑްގައި ބޮޑުވެފައި ވާތީ އެގައުމުގެ ބޮޑުވަޒީރުގެ ކައިވެނި ކެންސަލްކޮށްފިއެވެ.
Advertisement

ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން އާދިއްތަ ދުވަހު ވިދާޅުވި ގޮތުގައި އޭނާގެ ކައިވެނި ކެންސަލްކޮށްފައިވަނީ އެ ގައުމަށް އޮމިކްރޯންގެ އާ ރާޅެއް ބިންދާލުމާއެކު، ކޭސްތައް އިތުރުވާން ފެށުމުންނެވެ.

ކޮވިޑް 19 ނޫސް ކޮންފެރެންސެއްގައި ސިއްހީ މާހިރުންނާ ހަވާލާ ދެއްވައި، ވާހަކަ ދައްކަވަމުން އާޑާން ވިދާޅުވެފައިވަނީ މޮޓުއެކާ ގެ އެންމެ އާއިލާއަކުން އޮމިކްރޯންގެ ނުވަ ކޭސް ފެނިފައިވާ ކަމަށެވެ. މިދިޔަ ހަފްތާގައި މި އާއިލާ ވަނީ އޯކްލޭންޑް ގައި އޮތް ކައިވެނި ހަފްލާއަކަށާއި، ޖަނާޒާއެއްގެ އިތުރުން އެމިއުސްމެންޓް ޕާކް އަށާއި ޓޫރިސްޓް އެޓްރެކްޝަން އަށް ވެސް ޒިޔާރަތްކޮށްފައެވެ. މިއާ އެކު ގައުމުގެ އޮމިކްރޯންގެ ހާލަތު އެންމެ މައްޗަށް ގޮސް ރެޑް އެލާޓްއަށް ގޮސްދާނެކަމަށް ބުނެފައި ވެއެވެ.

އާޑާން ވީދާޅުވީ، އޭނާގެ ކައިވެނި ކުރިޔަށް ނުދާނެކަމަށާއި ޕެންޑަމިކްގެ ސަބަބުން މިކަހަލަ ހާލަތްތަކާއި ކުރިމަތިލާފައިވާ ނިއުޒިލޭންޑްގެ ރައްޔިތުންނާއި ގުޅުނީކަމަށެވެ.

މި ސަމާގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ކައިވެނި ކެންސަލް ކުރަން ޖެހުމުން އިހްސާސްވަނީ ކިހިނެއްތޯ އެހުމުން ވިދާޅުވެފައިވަނީ "ސަޗް އިޒް ލައިފް"(ދިރިއުޅުމަކީ އެކަހަލަ ކަމެއް) ކަމަށެވެ.

މިދިޔަ މަހު އެ ގައުމުން ވަނީ އޮމިކްރޯންގެ ހާލަތާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކާއި ހެދި ގައުމުގެ ބޯޑަރު ހުޅުވުން އަންނަ ފެބްރުއަރީ މަހުގެ ފަހުކޮޅުގެ ނިޔަލަށް ލަސްކޮށްފައިވާ ކަން ހާމަކޮށްފައެވެ.

ނޭޝަންސް މިނިސްޓާ ފޯ ކޮވިޑް 19 ރެސްޕޯންސް ކްރިސް ހިޕްކިންސް ވިދާޅުވި ގޮތުގައި ފެބްރުއަރީ މަހުގެ ފަހުކޮޅާއި ހަމައަށް އިންތިޒާރު ކުރުމަކީ ނިއުޒީލެންޑްގެ ރައްކާތެރިކަން އިތުރުވެ، އޯމިކްރޯންގެ ބަލިމަޑުކަން ފެތުރުން މަޑުޖެހި، ނިއުޒީލެންޑްގެ އާންމު ހާލަތަށް އަންނާނެ ކަމެއް ކަމަށެވެ. އަދި ޝައްކެއް ވެސް ނެތް ގޮތުގައި މިއީ ވަރަށް ނާއުންމީދުކުރުވަނިވި އަދި ޗުއްޓީގައި ކުރަން ރާވައިފައިވާ ގިނަ ކަންތައްތައް ނުކުރެވުމުގެ ސަބަބުން މާޔޫސްވެގެންދާނެ ދުވަސް ކޮޅެއް ކަމަށެވެ. ނަމަވެސް މިއަދު މި ގަވާއިދުތައް ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އޭރުން ފަހުން ޗުއްޓީގައި ކުރަން ރޭވި ކަމެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް